ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ސައޫދީ ވަލީއަހުދު މެންޗެސްޓަރ ޔުނައިޓެޑް ގަންނަން މަސައްކަތް ނުކުރޭ

​މެންޗެސްޓަރ ޔުނައިޓެޑް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ރިޗަރޑް އާނޯލްޑް ސައޫދީ އަރަބިއްޔާގާއި އެ ގައުމުގެ ވަފުދަކާ ބައްދަލުކުރަން ހުރި ފޮޓޯތަކާ ވީޑިއޯތައް މީސްމީޑިޔާގައި ދައުރުވުމުން، ގިނަބަޔަކު ގަބޫލު ކުރިގޮތުގައި އެ ބައްދަލުވުމަކީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް މެންޗެސްޓަރ ޔުނައިޓެޑް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރެވުނީ ކަމަށެވެ. 

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން 3.8 ބިލިއަން ޕައުންޑަށް މެންޗެސްޓަރ ޔުނައިޓެޑް ގަތުމަށް މަސައްކަތްކުރަމުންދާކަމަށް ވަރަށް ބޮޑަށް އަޑު ފެތުރިފައިވެއެވެ. ނަމަވެސް މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި އެވާހަކަތައް ވަލީއަހުދު ވަނީ ދޮގުކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑް އެކްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ބުނި ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން މެންޗެސްޓަރ ޔުނައިޓެޑް ހިންގަމުން އަންނަ ގްލޭޒާސް އާއިލާ އިން ކައިރި މުސްތަގުބަލެއްގައި އެ ޓީމު ވިއްކާލަން ބޭނުންނުވެއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ވިއްކާލުމަށް އެއްވެސް ފަރާތަކާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. 

މެންޗެސްޓަރގެ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި މެނޭޖިން ޑިރެކްޓަރު އާނޯލްޑް އާއި ސައޫދީ ވަލީއަހުދަކީ މުވާސަލާތީ ޚިދުމަތުގެ ވިޔަފާރީގައި އުޅޭ މީހުން ކަމަށްވާތީ އެކަކު އަނެކަކާ ވިޔަފާރީގެ ގުޅުން އޮންނަ ކަމަށެވެ. 

2017 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑާއި، ސައޫދީ އަރަބިއްޔާގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީ އާއި ގަލްފު ސަރަހައްދުގައި ފުޓްބޯޅަ ކުރިއެރުވުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބެލެވޭގޮތުގައި މެންޗެސްޓަރ ޔުނައިޓެޑް ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު ރިޗަރޑް އާނޯލްޑް ސައޫދީ އަރަބިއްޔާގައި ބޭއްވި ބައްދަލުވުމުކީ މިކަމާގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top