ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އެންމެ ފޮޓޯއަކުން ވެސް ވަރަށް ގިނަ ވާހަކަތަކެއް ބުނެދެއެވެ.

އެންމެ ފޮޓޯއަކުން ވެސް ވަރަށް ގިނަ ވާހަކަތަކެއް ބުނެދެއެވެ.  ހަމަ އެހެންމެ އެތަކެއް އިބުރަތް ތަކެއް ވެސް ލިބިދެއެވެ. ނަމަވެސް އެއީ އެ ފޮޓޯއަކަށް ނުވަތަ އެ މަންޒަރަކަށް ބަލައި ވިސްނައި ފިކުރު ކުރާ މީހަކަށެވެ. ބަޔަކަށެެެވެ.

ވިސްނާށެވެ. ފޮޓޯއިން ތިޔަ ފެންނަނީ އިމާރާތް ކުރެވެމުންދާ ހިނަވާގެއެކެވެ. އިމާރާތަށް ބަލައިލުމުން ވަކި ޙާއްޞަ ކަމެއް ނެތެވެ. ހަމަ އެހެން އިމާރާތްތަކެކޭ އެއްފަދައިން ފާރުތަކަކާއި ފުރާޅެކެވެ. ނަމަވެސް އެއީ މި ބިމުގެ ފަސްގަނޑުގެ މަތީގައި ތިބާ ހޭދަކުރާނެ  އެންމެ ފަހުގެ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލެވެ. އެއީ ތިބާ ބޭނުން ވިޔަސް އަދި ބޭނުން ނުވިޔަސްމެއެވެ. 

ކޮންމެ ނަފްސަކީ މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ. އެކަމާއި ދެބަސްވެވޭނެ އެއްވެސް ޖާގައެއް ނުވެއެވެ. އެ އުސޫލުން ތިބާ ވެސް ބޭރެއް ނުވެއެވެ. މި ބަޔާންކުރެވުނު ޔަޤީންކަމުގައި ޝައްކެއް ނެތެވެ.

ދިރިތިބީން އައިސް އެތަނުގެ ތެެރެއަށް ތިބާވެސް ގެންދާނެއެވެ. މި ކަންކަމާއި ކުރިމަތިލުމަށް ވަކި އުމުރެއް ނުވެއެވެ. ފަގީރުކަމާއި، މުއްސަނދިކަމާއި، ވެރިކަމާއި، ބާރާއި އަދި ޝަރަފަކީ މިކަން ކަމަށް ހުރަސް އެޅުމުގެ ޤާބިލުކަން ލިބިގެންވާ ކަންކަމެއް ނޫނެވެ.

މާދަމާއަކީ ތިބާ އެހެން ބައެއްގެ އަތްދަނޑި މަތިން އުފުލި، މި އިމާރާތުގެ ތެރެއަށް ވެއްދޭނެ ދުވަހަށް ވެދާނެއެވެ. އާރެއް ބާރެއް ނެތް ކުޑަކުޑައިރުގައި ތިބާގެ މަންމަ، ތިބާ ފެންވެރުވި ފަދައިން މިއަދު އެހެން ބަޔަކު ތިބާ މީރުފެނުން ފެންވަރުވައި، ހިނަވައި، ކަފުން  ކުރާނެއެވެ. ހަމަ އެއްކަލަ ކުޑަކުޑަ އިމާރަތުގެ ތެރޭގައިހެދިފައިވާ އަށްޓެއްގެ މަތީގައެވެ.

ވިސްނައި ފިކުރު ކުރާ ބަޔަކަށްް މި ދުޔެވަނީ މިފަދަ އިބުރަތްތެރި ފިލާވަޅު ތަކާއި މަންޒަރު ތަކުން ފުރިފައެވެ. ބުއްދިވެރިއަކީ ދުނިޔެ ދައްކާ މަންޒަރުތަކުން އިބުރަތް ހާސިލުކޮށް އުޅުމާއި ގުޅުން އިސްލާހުކޮށް އަބަދުވެސް މާދަމާއަށް ތައްޔާރުވެ ތިބޭ މީހުންނެވެ.‏

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Mode xinn6 އަހަރު ކުރިން

Varah ves iburahtheri adhi asarugadha liyumeh keep going brother...

Home
Menu
Search
Back to top