ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސޮއްޕެގެ އަމިއްލަ އަލްބަމް ލަވަފޮށީގައި ރިލީޒްކޮށްފި

މަޝްހޫރު ރެޕް އާރޓިސްޓް ސޮއްޕެގެ ފުރަތަމަ އަމިއްލަ އަލްބަމް ލަވަފޮށީގައި ރޭ ސުންގަޑި ސުންމިނެޓްގައި ރިލީޒްކޮށްފި އެވެ. ‘ސޮއްޕެ”ގެ ނަމުން ނަންދީފައިވާ މި އަލްބަމްގައި11 ލަވަ ހިމެނެއެވެ.

“ސޮއްޕެ” އަލްބަމްގެ ޕްރޮޑިއުސަރަކީ މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ޕްރޮޑިއުސަރ މިސްޓީ އެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ޕްރޮޑިއުސަރ ސަގްޒްޑް ވެސް މި އަލްބަމްގައި ހިއްސާވާކަމަށް މިރޭ ސޮއްޕެ ނެރެފައިވާ ޕްރެސް ރިލީޒް އެއްގައި ބުނެފައި ވެއެވެ.

މި އަލްބަމްގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަންދަލާ ހަލީމްގެ ލަވަ އަކާއި އެހުންތެރިންނަށް ސަޕްރައިޒެއްގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ ގެ ލަވައެއް ހިމެނޭކަމަށް ވެސް ސޮއްޕެގެ ޕްރެސް ރިލީޒް ބުނެއެވެ.

މި އަލްބަމްގެ ރެކޯޑިން ހަދާފައިވަނީ މާލެ އާއި ކޮލޮމްބޯގެ ބައެއް ސްޓޫޑިއޯ ތަކުގައެވެ. އަލްބަމްގެ ފައިނަލް މިކްސިން އާއި މާސްޓަރިން ހެދީ މާލޭގައި މިސްޓީ އެވެ.

މި އަލްބަމް އަޑުހައިލެވޭނީ ދިވެހި މިއުޒިކް ސްޓްރީމިން އެޕް ލަވަފޮށިންނެވެ. މީގެ އިތުރުން މި އަލްބަމް އެޕަލް މިއުޒިކް، ސްޕޮޓިފައި، އެމޭޒަން މިއުޒިކާއި ގޫގްލަ މިއުޒިކް މެދުވެރިކޮށް މި މަސްތަރޭގައި ބައިނަލް އަޤްވާމީ މަންސަތަކުން އަޑުއަހައިލެވެން ހުންނާނެ ކަމަށްވެސް ސޮއްޕެ ބުނެއެވެ.

މި އަލްބަމް ރާއްޖެއަށް ރިލީޒްކޮށްފައި މިވަނީ ސޮއްޕެ ވަޢުދުވީގޮތަށް ޢީދު ހަދިޔާއެއްގެ ގޮތުގައި ފިތުރު އީދާއި ދިމާކޮށެވެ.

މި އަލްބަމް ވުޖޫދުކުރުމުގައި އެހިތެރިވި ހުރިހައި ފަރާތްތަކަށް ސޮއްޕެ ޝުކުރު އަދާކުރަނީ ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ ސޮއްޕެގެ ފޭނުންނާއި އެހުންތެރިންނަށް ފޮނުވަމުންނެވެ. ސޮއްޕެގެ އުއްމީދަކީ އެންމެންނަށް މި އަލްބަމަކީ ކަމުދާ އަލްބަމަކަށް ވުމެވެ.

އަލްބަމްގެ ހުރިހައި ލަވަތަކެއްގެ ޅެންތައް ހެދީ ސޮއްޕެ އެވެ. މިއުޒިކު ހެދީ މިސްޓީ އެވެ. އިތުރު ތިން ލަވައެއްގެ މިއުޒިކް ހެދީ ސަގްޒްޑް އެވެ.

”އަލްބަމްގައި ހުންނާނީ މުޅިންވެސް އާ ރެޕް ލަވަ. އަލްބަމްގައި 11 ލަވަ ހިމެނޭނެ.“ ޒުވާން އާޓިސްޓް ސޮއްޕެ ބުންޏެވެ.

https://on.lavafoshi.mv/albums/1057

“ސޮއްޕެ” އަލްބަމްގައި ހިމެނޭ ލަވަތަކަކީ:

1- ފަސްލާ (އިންޓްރޯ)

2- ކީއްބާ ވީ

3- އަންނަންދެކަށް

4- ވިކިގެން ދާނޭ

5- ފައިސާ

6- އޮއްސާއިއްޔާ

7- ވަކި (ފީޓް އަންދަލާ)

8- ގެއްލިފާ

9- ވަރަށް ނުރައްކާ

10- ދޮގެއް ނޫން

11- ރަކި ވެފާ (ފީޓް. މީރާ)

https://www.facebook.com/muni.avas.77/videos/481202756019402/?__tn__=%2Cd*F*F-R&eid=ARD7iCrqd8iK9E7NGQAv80t5aRfvQ0HrWuuN1EaXrpMkslCot7LhGBFYfyH8V4HK1_4whPO4vUEXkuUv&tn-str=*F

މި އަލްބަމް ޑެޑިކޭޓްކޮށްފައިވަނީ ސޮއްޕެގެ ނެފިއުއެއް ކަމަށްވާ ޔައިލް އަށް ކަމަށް ސޮއްޕެ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top