މި އަހަރު ސެޕްޓެމްބަރު 27 ގައި ޝޫޓިން ފަށާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމު ”ނޮވެމްބަރ”ގެ ތުލުސްދޫ ޝޫޓިން ނިންމާލުމަށްފަހު، ފިލްމު ކްރޫ އާއި ކާސްޓުން މާލެ ގޮސްފި އެވެ.
މާލެ އާއި އަތޮޅުތެރޭގެ އިތުރުން ސިންގަޕޫރުގައި ޝޫޓްކުރަން ނިންމާފައިވާ ލޯބީގެ ފިލްމު ”ނޮވެމްބަރ”ގެ ޝޫޓިން އަށް ޑާކް ރެއިންގެ ޓީމު ތުލުސްދުއަށް ދިޔައީ މިމަހު ފަސް ވަނަ ދުވަހުއެވެ.
ޑާކް ރެއިންގެ ޕްރޮޑިއުސަރ މޮގާ ބުނީ ތުލުސްދޫގެ ޝޫޓިން ނިންމާލުމަށްފަހު ފަސް ވަނަ ދުވަހުގެ ރޭ އެނބުރި މާލެ ދިޔަކަމަށެވެ. މޮގާ އިތުރަށް ބުނީ އެރަށުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ބައިތައް ޝޫޓްކޮށް ނިންމާލެވުނު ކަމަށާއި އެރަށުން ވެސް ރަނގަޅު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށެވެ.
ތުލުސްދޫގެ ޝޫޓިން ފޮޓޯތަކަށް ބަލާލާއިރު، ދިވެހި މަސައްކަތްތެރިކަން ހިމެނޭ ބައެއް މަންޒަރުތަކާއި އެ މަސައްކަތްކުރާ ފަރާތްތަކާއެކު ނަގާފައިވާ ފޮޓޯތަކެއް މުނިއަވަސް އަށް ވަނީ ލިބިފައެވެ.
”ނޮވެމްބަރ”ގެ ލީޑުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަޤްބޫލު ޖޯޑު ޖުމައްޔިލް ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ އާއި އިސްމާޢީލް ވަޖީހް ހިމެނެއެވެ. މީގެ އިތުރުން، އިތުރު އާ ތަރިންތަކެއް ފެނިގެންދާނެ ކަމަށް ޑާކްރެއިން އިން މަޢުލޫމާތުދެއެވެ.
އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ”ނޮވެމްބަރ” ޑައިރެކްޓްކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ކެމެރާ ކުރަނީ ޗިއްޕެ އާއި އަޙްމަދު ޝިނާން އެވެ. ”ނޮވެމްބަރ”ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.
”ނޮވެމްބަރ”ގެ މަންޒަރު ތަކެއް މިދިޔަ ހަފުތާގައި ލ. އަތޮޅުގައި ވެސް ނަގާފައިވެއެވެ. ފިލްމު ސްކްރީން ކުރުމަށް ނިންމާފައިވަނީ 2020 ގައެވެ.
ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި