ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކޮސް ގިނަ މިސްޓޭކް”ގެ ލަވަތައް ލަވަފޮށްޓަށް

ވީމީޑިއާ އޮރިޖިނަލްސްގެ ދެވަނަ ދިވެހި ފިލްމު “ކޮސް ގިނަ މިސްޓޭކް” ގައި ހިމެނޭ ލަވަތައް، އޮންލައިން ކޮށް ދިވެހި ފަންނާނުންގެ ލަވައާއި އޯޑިއޯ އުފެއްދުންތައް އަޑުއަހާ މަންސަކަމަށްވާ ލަވަފޮށްޓަށް ލައިފިއެވެ.

ފިލްމުގައި ހިމެނޭ ހަ ލަވައިގެ އިތުރުން، ފިލްމުގެ ޕްރޮމޯޝަން ލަވައެއް ލަވަފޮށްޓަށް ލާފައިވެއެވެ. އެގޮތުން “ލޯބިދީ”، “ރީތި މީހުން”، “ދަންވަރު ދަންވަރު”، “ރާނިރާނި”، “ފަރި ކަނބުލޮ” އަދި “ކެއްސާ ވޭނާ”، ގެ އިތުރުން ޕްރޮމޯ ލަވަ ހިމެނެއެވެ.

ރޮމޭންޓިކް ކޮމެޑީ އޮފް ދަ އިޔަރގެ ހޭޝްޓޭގް ބޭނުންކޮށްގެން ޕްރޮމޯޓްކުރަމުން އަންނަ ”ކޮސް ގިނަ މިސްޓޭކްް“ގެ ހުރިހައި ލަވައެއްގެ ތަންކޮޅެއް ހިމަނައިގެން ފިލްމުގެ ޓީޒާއެއް މިމަހުގެ 26ވަނަ ދުވަހު ފޭސްބްކްގައި އާއްމުކޮށްފައިވެއެވެ.

https://www.facebook.com/kosginamistake/videos/2583827695007353/

އާއްމުކޮށްފައިވާ ލަވަތަކަކީ މަޤްބޫލުކަން ހޯދާފައިވާ ހިންދީ ރާގުތަކަކަށް ހަދާފައިވާ ލަވަތަކެކެވެ. ހިންދީ ރާގަށް ހަދާފައިހުރި ނަމަވެސް، މިއުޒިކް ޓްރެކްތައް ތައްޔާރުކޮށްފައިވަނީ ޒަމާނީ ގޮތަށް މޮޑިފައިކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް އެކްޓްވެސް ކޮށްފައިވާ “ކޮސް ގިނަ މިސްޓޭކް” ރިލީޒްކުރުމަށް ތާވަލްކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުއެވެ.

މި ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި ހާމިދު ޢަލީ، ޔޫސުފު ޝަފީޢު، ޢަލީ ސީޒަން، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް، އަޙްމަދު ސައީދު، އަޙްމަދު ނިމާލް، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ހިމެނެއެވެ.

ކޮސް ގިނަ މިސްޓޭކް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top