ފިލްމީ އާއިލާއަކަށް ނިސްބަތްވާ ފިލްމީ ތަރި އަދި ނެށުމާ ބޮޑުބެރުޖެހުމާ ސަގާފީ ކުޅިވަރުތަކުގައި ވެސް ހުނަރުވެރ،ި ހަމްދާން ފާރޫޤް ކައިވެނި ކޮށްފިއެވެ. ހަމްދާން ކައިވެނިކުރީ 07 ނޮވެމްބަރު 2019 ވަނަ ދުވަހު އާއިލާބެހޭ ކޯޓުގައެވެ.

މުނިއަވަސް އަށް އެނގިފައިވާގޮތުން ހަމްދާން ކައިވެނީގެ މަތިވެރި ގޮށުން ބަނދެވުނީ ގއ. ކޮލަމާފުށީ ހަމްދޫނާ ސަލީމް އާއެވެ. އެ ދެ މީހުން ކައިވެނިކޮށްފައި މި ވަނީ ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅޭތާ އަހަރެއްހައި ދުވަސް ފަހުންނެވެ.

ހަމްދާންގެ ކައިވެނި އޮތީ ކޯޓުގައި، ދެފަރާތުގެ ޢާއިލާ މެންބަރުންނާއި ބައެއް ގާތް ރައްޓެހިންގެވެސް ހާޒިރުގައި ކަމަށް މުނިއަވަސް އަށް ހަމްދާން ބުންޏެވެ.

ހަމްދާން އާއި ހަމްދޫނާ ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ އަހަރެންހައި ދުވަސް ފަހުން – ފޮޓޯ: ހަމްދާން

ދިވެހި ފިލްމުތަކުގައި މަންމަ އާއި ބައްޕަގެ ބައިން އާއްމުކޮށް ފެންނަ މަރިޔަމް ހަލީމް އާއި އަލީ ފާރޫޤް އަކީ ހަމްދާންގެ މަންމައާއި ބައްޕަ އެވެ. މަޝްހޫރު ނެށުންތެރިޔާ، އެކްޓަރ އަދި ޑައިރެކްޓަރ ރަވީ އަކީ ހަމްދާންގެ ބޭބެ އެކެވެ.

ހަމްދާން އަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ އުފެއްދުންތަކުން މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ހުނަރުވެރި އެކްޓިން އެއް ދައްކަމުން އަންނަ ތަރިއެކެވެ. ހަމްދާން މަޝްހޫރުވެފައިވަނީ ކޮމެޑީ ރޯލުތަކުންނެވެ. މިގޮތުން އެންމެ ފަހުން އޭނާގެ ހުނަރުވެރި އެކްޓިން ދައްކާލާފައިވަނީ ޑާކްރެއިންގެ ފިލްމު “މާމުއި” ގައި ރޯޒީގެ ރޯލުންނެވެ.

ފިލްމު “މާމުއި” ގައި ހަމްދާން އާއި ޝީލާ – ފޮޓޯ: ޑާކްރެއިން

ހަމްދާން ފާރޫޤާއި ހަމްދޫނާ ސަލީމަށް އުފާވެރި، ބާއްޖަވެރި ކައިވެންޏަކަށް، މުނިއަވަސް ގެ ކިޔުންތެރިންނާއި ޓީމުން އެދެމެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.