ސައިފް ޢަލީ ޚާންއާއި ޖެކްލިން ފެނާންޑޭޒް، އަރްޖުން ކަޕޫރާއި ޔާމީ ގޯތަމްގެ އިތުރުން ޖާވެދު ޖަފްރީ މައިގަނޑު ރޯލުތަކުން ފެނިގެންދާ ހޮރޯ-ކޮމެޑީ “ބޫތު ޕޮލިސް” މާދަމާ ރިލީޒްކުރަން ނިންމައިފިއެވެ.

ކުރިން މި މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާކުރަން ނިންމި މި ފިލްމަކީ ރަމޭޝް ތައުރާނީއާއި އަކްޝޭ ޕޫރީ ޕްރޮޑިއުސްކޮށް ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމު ކުރިން ގެނެސްދޭން ތާވަލުކުރި ތާރީޚަށްވުރެ ހަފުތާއެއް ކުރިން ގެނެސްދޭން ނިންމި ސަބަބެއް ހާމަކޮށްފައި ނުވާއިރު، ފިލްމުގެ ހިތްގައިމު ދެ ލަވައެއްގެ ވީޑިއޯވެސް ވަނީ ނެރެފައެވެ. ސަޗިން-ޖިގަރް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ދެ ލަވަ ކިޔައިދީފައިވަނީ ވިޝާލް ދަދްލާނީ، ސުނީދީ ޗޯހަން، މެލޯ ޑީ، އަރްމާން މާލިކް އަދި ޝްރެޔާ ގޯޝާލްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.