ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެބް ސީރީޒް “ހަނާ” ގެ ޕޯސްޓަރު ދައްކާލައިފި

ކިޑް ޕްރޮޑަކްޝަން އިން އުފައްދާ 13 އެޕިސޯޑްގެ ވެބް ސީރީޒް “ހަނާ”ގެ ޕޯސްޓަރެއް ދައްކާލައިފިއެވެ.

ވެބް ސީރީޒް “ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރު މުނިއަވަސް މެދުވެރިކޮށް މިއަދު އާއްމުކޮށްފައި މިވަނީ ސީރީޒްގެ ނަން ހިމެނޭ ޓީޒަރ ޕޯސްޓަރެކެވެ.

އަންނަ އަހަރު ޖެނުއަރީ މަހު ބައިސްކޯފުން ދައްކަން ފަށާ މި ސީރީޒްއަކީ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ.

ހުސެން މުނައްވަރު (ކުޑަފޫޅު) ޕްރޮޑިއުސްކޮށް ކެމެރާކުރާ މި ސީރީޒްގެ ބެކް މިއުޒިކްގެ މަސައްކަތް މިވަގުތު ކުރަމުންދަނީ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް އެވެ.

“މިހާރު ބެކް މިއުޒިކްގެ 60 ޕަސެންޓް ނިމިފަވަނީ. ކަލަރ ގްރޭޑިންގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުން.” ޕްރޮޑިއުސަރ ހުސައިން މުނިއަވަސް އަށް ބުންޏެވެ. ހުސެން އިތުރަށް ބުނީ ޖެނުއަރީ މަހު ސީރީޒް ރިލީޒްކުރާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށާއި އެކަން އެނައުންސްކުރާނީ ސަޕްރައިޒްއަކާ އެކުގައި ކަމަށެވެ.

”ހަނާ“ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، ގުލިސްތާނު، ނޫރާ، ޝަމީލް، ނިޝާ ހިމެނެއެވެ.

ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރަނީ ޢަލީ ރަޝީދު (ގޮޅާ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top