މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޮރ ދިއާޓްސް އިން ބާއްވާ ދިވެހި ފިލްމު އެވޯޑްސް 9 ގެ ނޮމިނޭޝަންތައް މިރޭ އިއުލާނުކޮށްފި އެވެ.
ވީޓީވީއިން ލައިވްކޮށް ދެއްކި މިނޮމިނޭޝަންތަކުގައި މިރޭ އިއުލާނު ކޮށްފައިވަނީ 6 އެވޯޑެއްގެ ނޮމިނޭޝަނެވެ. މިމަހުގެ 15ވަނަ ދުވަހުގެ ރޭ ދެއްކުމަށް ހަމަ ޖެހިފައިވާ މި އެވޯޑް ހަފްލާގައި ބައިވެރި ކުރި ހުރިހާ ފިލްމަކަށް ޖަޖްކުރުމުގެ އެންމެހާ މަސައްކަތްތައް ވަނީ ކޮށް ނިމިފައެވެ.
’ބައިސްކޯފް ޕްރެސެންޓްސް ދިވެހި ފިލްމު އެވޯޑްސް 9 ގައި ބައިވެރި ކުރި 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމަށް ހަތް ފަނޑިޔާރުން އިންސާފުކޮށްފައިވާއިރު އޮޑިޓްފާމަކަކުން ވަނީ ޖަޖުންގެ ކަންކަން ގާތުން ބަލާފައިކަމަށް މައުލޫމާތުލިބެއެވެ.
ގައުމީ ފިލްމް އެވޯޑްސްގައި 24 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވީނަމަވެސް މިއަހަރުގެ ފިލްމް އެވޯޑްސްގައި ޑޮކިޔުމެންޓްރީއެއް ބައިވެރިކޮށްފައިނުވާތީ އެބައި ހިމެނިފައެއް ނުވެއެވެ.
ތިރީގައި މިވަނީ މިރޭ އިއުލާނުކޮށްފައިވާ ނޮމިނޭޝަންތަކެވެ.
dhivehi film awards nomination https://t.co/6lX6QAVN8N
— VTV Maldives (@VTVvmedia) November 9, 2019
ފީޗާ ފިލްމުން އެންމެ މޮޅު ސަޕޯޓިން އެކްޓަރ އަންހެން
ފާތިމަތު އާޒިފާ – ފިލްމު “ބޮސް”
ފައުޒިއްޔާ ހަސަން – “ހައްދު”
ފާތިމަތު އާޒިފާ – “ދެވަންސޫރަ”
ޚަދީޖާ އިބްރާހިމް – “ވަކިން ލޯބިން”
ނުޒުހަތު ޝުއައިބް – “ވަކިން ލޯބިން”
ފީޗާ ފިލްމުން އެންމެ މޮޅު ސަޕޯޓިން އެކްޓަރ ފިރިހެން
އިބްރާޙިމް ޖިހާދު – “ބޮސް”
އަލީ އާޒިމް – “ހައްދު”
އަލީ އާޒިމް – “ދެވަންސޫރަ”
އިބްރާހިމް ޖިހާދު – “ދެވަންސޫރަ”
އަހުމަދު ސައީދު – “ވިޝްކާ”
ފީޗާ ފިލްމުން އެންމެ މޮޅު އެކްޓަރ އަންހެން
މަރިޔަމް އައްޒަ – “މީލޯތްބަކީ”
މަރިޔަމް އައްޒަ – “ހައްދު”
އައިޝަތު ރިޝްމީ ރަމީޒް – “ވިޝްކާ”
މަރިޔަމް މަޖުދާ – “ވަކިން ލޯބިން”
ނުޒުހަތު ޝުއައިބް – “މަލިކާ”
ފީޗާ ފިލްމުން އެންމެ މޮޅު އެކްޓަރ ފިރިހެން
މުހައްމަދު މުންތަސިރު – “އިލް ނޮއިސް”
ޔޫސުފް ޝަފީއު – “ދެވަންސޫރަ”
ރަވީ ފާރޫގު – “ވިޝްކާ”
މުހައްމަދު ޖުމައިލް ނިމާލް – “ވަކިން ލޯބިން”
އިސްމާއިލް ޒާހިރު – “މަލިކާ”
ފީޗާ ފިލްމުން އެންމެ މޮޅު ޑައިރެކްޓަރ
އިސްމާއިލް ނިހާދު – “އިލް ނޮއިސް”
އަބްދުލް ފައްތާހް – “ހައްދު”
ޔޫސުފް ޝަފީއު – “ދެވަންސޫރަ”
ރަވީ ފާރޫގް – “ވިޝްކާ”
އަލީ ޝިފާއު – “ވަކިން ލޯބިން”
ފީޗާ ފިލްމުން އެންމެ މޮޅު ފިލްމް
އިލް ނޮއިސް
ހައްދު
ދެވަންސޫރަ
ވިޝްކާ
ވަކިން ލޯބިން
ބާކީ ނޮމިނޭޝަންސް އިއުލާނު ކުރާނީ 15 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި އޮންނަ ދިވެހި ފިލްމު އެވޯޑްސް ހަފުލާގައެވެ.
ކުށް ފިލުވީ: އަޙްމަދު ރަޝީދު
