ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކުން ރާއްޖެ ރަން މެޑަލް ހޯދައިފި

ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒް 2019 ގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލްގައި ނޭޕާލްގެ ދިޕޭޝް/އަމީތާ ގެ ޕެއާ ބަލިކޮށް ރާއްޖޭގެ ޒަޔާން/ނަބާހާ ގެ ޕެއާ ރަން މެޑަލް ހޯދައިފިއެވެ.

ޒަޔާން އަދި ނަބާހާ ގެ ޕެއާ މި މެޗު ކާމިޔާބުކުރީ 21/16 އަދި 21/19 އިން ސީދާ ދެ ސެޓުން ކުރިހޯދައިގެންނެވެ.

އަންހެނުންގެ ޑަބަލްސް އިވެންޓުގެ ފައިނަލްގައި ރާއްޖޭގެ ނަބާހާ/ނަބީހާ ގެ ޕެއާ ޕާކިސްތާނުގެ ބުޝްރާ/މަހޫރު ގެ ޕެއާ މިއަދު ބައްދަލުކުރާނެއެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ގެ އިވެންޓަކުން ރާއްޖެއަށް ރަން މެޑެލް އެއް ލިބުނު ފުރަތަަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top