ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބެޑްމިންޓަން އިން ރާއްޖެ އަށް އަނެއްކާވެސް ރަން މެޑަލް

ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒް 2019 ގެ އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ޕާކިސްތާނުގެ ބުޝްރާ/މަހޫރު ގެ ޕެއާ ބަލިކޮށް ރާއްޖޭގެ ނަބާހާ/ނަބީހާ ގެ ޕެއާ ރަން މެޑަލް ހޯދައިފިއެވެ.

ނަބާހާ/ނަބީހާ ގެ ޕެއާ ރަން މެޑަލް ހޯދީ 21/17 އަދި 21/13 އިން ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ގެ އިވެންޓަކުން ރާއްޖެއަށް ލިބުނު ދެވަނަ ރަން މެޑަލް އެވެ. މި މެޗުގެ ކުރިން މިކްސްޑް ޑަބަލްސް އިވެންޓުން ޒަޔާން/ނަބާހާ ގެ ޕެއާ ވަނީ ފުރަތަަމަ ރަން މެޑަލް ހޯދަދީފައެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top