ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ، އެޑިއުކޭޝަން، ޕޮލިސް، އެމްއޭސީއެލް ސެމީއަށް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިހާރު ކުރިޔަށްދާ އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ހަތަރު ޖާގަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހޯދައިފި އެވެ.

ފަސް ޓީމު ވާދަކުރި މި މުބާރާތުގެ ލީގު ބުރުގެ ކުޅުން ރޭ ނިމިފައިވާއިރު، ސެމީ ފައިނަލްގެ ފުރުސަތު ގެއްލުނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސްއަށެވެ. ލީގު ބުރުގެ އެއްވަނަ ހޯދި ސްޓެލްކޯއިން އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، 12 ޕޮއިންޓާއިއެކު ލީގު ބުރުގެ އެއްވަނަ ހޯދިއިރު، ދެވަނަ ހޯދި އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނަ ހޯދި މޯލްޑިވްސް ޕޮލިސް ދެ މެޗުން 6 ޕޮއިންޓް ހޯދިއިރު، ހަތަރުވަނަ ހޯދި އެމްއޭސީއެލް ވަނީ ޔޫތު މިނިސްޓްރީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މުބާރާތުގެ ނުވަވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއޭސީއެލް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. މި މެޗުގެ ފުރަތަމަ ސެޓް މޯލްޑިވްސް ޕޮލިސް ހޯދީ 25-16 އިން ނެވެ. ފުރަތަމަ ސެޓްގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ސެޓާއި ތިންވަނަ ސެޓްގައި އެމްއޭސީއެލްއިން ވަނީ ދައްކައިފަ އެވެ. މި ދެ ސެޓް ވެސް މޯލްޑިވްސް ޕޮލިސް ކާމިޔާބުކުރީ 25-21 އިން ނެވެ.

މިވެސް ކިޔާލަން:  ޕޮލިސް ފައިނަލަށް، އެމްއޭސީއެލް އާއި އެޑިއުކޭޝަން ސެމީ ފައިނަލަށް  

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މާއިސް އަޙްމަދު އެވެ.

ލީގު ބުރުގެ ފަހު މެޗު ކުޅެފައިވަނީ ރޭގަ އެވެ. މި މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އެވެ. އެޑިއުކޭޝަން މިނިސްޓްރީ ލީގު ބުރުގެ ދެވަނަ ހޯދީ މި މެޗުގައި ޔޫތު މިނިސްޓްރީގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެން ނެވެ.

މި މެޗުގެ ސެޓްތައް އެޑިއުކޭޝަން މިނިސްޓްރީއިން ކާމިޔާބުކުރީ 25-18 އާއި 25-22 އަދި 25-14 އިން ނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓްގައި ޔޫތު މިނިސްޓްރީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ތިންވަނަ ސެޓްގައި އެ ކުޅުން ތަކުރާރު ކުރެވޭގޮތެއް ނުވި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޑިއުކޭޝަން މިނިސްޓްރީގެ ލިންސް ތިންކަޗަން އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 14 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ. ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އާއި އެމްއޭސީއެލް އެވެ. 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top