މީ ޕްރޮޑަކްޝަނުން އުފެއްދި ބައިސްކޯފު އޮރިޖިނަލްސްގެ ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ” ގެ ފުރަތަމަ ސީޒަން ބްރޭކަށް ފަހު އެ ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިން އަންނަ ހަފުތާ ފަށާނެ ކަމަށް ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.

ލޯބީގެ ވެބް ސީރީޒް ”އަހަރެންވެސް ލޯބިވޭ“ އަކީ ދެ އާއިލާއެއްގެ ދެމެދުގައި ހިނގާ ހަތަރެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ސީރީޒެކެވެ.

ގިނަ ޓްވިސްޓުތަކެއް ފެނިގެންދާ މި ސީރީޒްގައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ މުޙައްމަދު އަބޫބަކުރު (މާއެނބޫ)، އާއިޝަތު ޔާސިރާ، އިބްރާހިމް ޞަބާޙް (ކުޑަ ސޮބާ)ގެ އިތުރުން މަޝްހޫރު ނެށުންތެރިޔާ ފާތިމަތު ސަމާއެވެ. މީގެ އިތުރުން މަރިޔަމް ޙަލީމް، ޢަލީ ފާރޫޤް ގެ އިތުރުން ޒުލައިޚާ މަނިކެ ވެސް ހިމެނެ އެވެ.

”އަހަރެންވެސް ލޯބިވޭ“ ޑައިރެކްޓްކުރަނީ މާއެނބޫ އެވެ. އެސިސްޓެންޓް ޑައިރެކްޓަރަކީ ކުޑަ ސޮބާ އެވެ. ސީރީޒްގެ ވާހަކަ ލިޔުނީ ކުރިއަރަމުން އަންނަ ވާހަކަލިޔުންތެރިޔާ ސާފިރާ މޫސާ އެވެ.

ބެކް މިއުޒިކާއި ބެކިންގ ވޯކަލްސް ހަދާފައިވަނީ ’ސޮލް ސީރީޒް’އިންނެވެ. ތީމް ލަވައިގެ ޅެން ހެދީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.

މީ ޕްރޮޑަކްޝަނުން އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ ބިރުވެރި ފިލްމު “ކާކު؟” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.