ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖެ ޓީވީން މުނިއަވަސް އަށް ޚާއްޞަކޮށް ބައިގަޑި އިރު – ވީޑިއޯ

ރާއްޖެ ޓީވީން ގެނެސްދޭ މުނިފޫހިފިލުވުމުގެ ޚަބަރަށް ޚާއްޞަ ޕްރޮގްރާމު “ކުލަ ސްކްރީން”ގެ މިދިޔަ ހޮނިހިރު ދުވަހު މެންދުރުފަހު ދެއްކި އެޕިސޯޑް މުނިއަވަސް އަށް ޚާއްޞަކޮށް، ބައިގަޑިއެއްހާ ވަގުތު ވަނީ މުނިއަވަސް އަށް ދީފިއެވެ.

ރާއްޖެ ޓީވީގެ މި ޕްރޮގްރާމުގައި މުނިއަވަސް އިން ބައިވެރިވީ ޑެޕިއުޓީ އެޑިޓަރ ޢަލީ ނިހާސް އާއި ލިޔުންތެރިޔާ މޫސާ ނަޒީރު އެވެ.

https://www.facebook.com/MuniAvas/videos/2423730594536923?vh=e&d=n&sfns=mo

މި ޕްރޮގްރާމުގައި މުނިއަވަސް އަށް އޮންލައިން މީޑިއާ ޕާޓްނަރުކަން ދީފައިވާ ބައެއް ފިލްމުތަކުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އިތުރުން ބައެއް ތަރިން ބައިވެރިވި އެވެ.

މުނިއަވަސް އާއެކު މީޑިއާ ޕާޓްނަރުކަން ކޮށްފައިވާ އެ ފަރާތަތަކުން މުނިއަވަސް އިން ދިވެހި ފިލްމީ އަދި މިއުޒިކީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ވާހަކަ ދައްކާފައިވެެެއެވެ.

ރާއްޖެ ޓީވީން މިހައި ގިނަ ވަގުތު ދެއްވައި މުނިއަވަސް ޕްރޮމޯޓްކޮށް ދިނުމަށް ކޮށްދެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށްޓަކައި މުނިއަވަސް ޓީމުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ހަމަ އެހެންމެ ފިލްމީ ފަންނާނުން ވެދެއްވި އެހީތެރިކަމަށްޓަކައިވެސް ޝުކުރު ދަންނަވަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top