ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަބަންގް 3” އެއްފަހަރާ ފަސް ހާހައް ވުރެ ގިނަ ސްކްރީނަށް

ސްޕަ ސްޓާ ސަލްމާން ޚާންގެ “ދަބަންގް 3” އެއްފަހަރާ 5400 ސްކްރީނުގައި އަޅުވައި ރިކޯޑެއް ހަދަން ތައްޔާރުވަމުންދާ ކަމަަށް ރިޕޯޓްތައް ބުނެފިއެވެ. ބޮކްސް އޮފީހުގެ ރަސްގެފާނުގެގޮތުގައި ގިނަ ބެލުންތެރިން ބަލައިގަނެފައިވާ ސަލްމާން ޚާންގެ ފިލްމްތަކުން ދަނީ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުންނެވެ.

“ދަބަންގް 3” ގައި ސަލްމާން ޚާންގެ އިތުރުން ދެން ފެނިގެންދާނީ ސޮނާކްޝީ ސިންހާ އަދި ކިޗާ ސުދީޕާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕްރަބޫ ދޭވާ އާއި ސަލްމާންގެ މިފިލްމް މިހާރުވެސް 5400 ސިނަމާގައި އަޅުވަން ނިންމާފައިވާއިރު އަދިވެސް އިތުރު ސިނަމާތަކުގައި މި ފިލްމް އެޅުވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ މިހާތަނަށް ހިންދީ ފިލްމެއް އެއްފަހަރާ މިހާ ގިނަ ސިނަމާތަމުގައި އަޅުވާ ފުރަތަމަ ފަހަރުކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކުރިން އަޅުވާފައިވާ މި ސީރީޒްގެ ދެ ފިލްމް ވެސް ވަނީ ބްލޮކްބާސްޓަރ ހިޓަކަށް ވެފައެެވެ.

“ދަބަންގް 3″ކަށް ފަހު ދެން އެންމެ އަވަހަށް ސަލްމާން ފެނިގެންދާނީ ފިލްމް “ރާދޭ” އިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top