ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަޓްސްއެޕް އެޕްލިކޭޝަން ގައި ހެކަރުންނަށް އެހީވެދޭ ބަގެއް

​ދުނިޔޭގެ ގިނަބަޔަކު ބޭނުންކުރަމުންދާ ފޭސްބުކްގެ މެސެންޖާ އެޕްލިކޭޝަން “ވަޓްސްއެޕް” ގައި ހެކަރުންނަށް ފޯނުގައި ހުރި މަޢުލޫމާތަކަށް ވާސިލްވުމަށް އެހީވެދޭ ބަގެއް ފެނިއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

“އެމް.ޕީ 4” ފޯމެޓް ގައި ޙާއްސަ ގޮތަކަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ފައިލެއްގެ ޒަރިއްޔާއިން ވަޓްސްއެޕް ބޭނުންކުރާ މީހާގެ ފޯނަށް “މަލްވެއާރ” އެއް ފޮނުވާލައިގެން ފޯނުގައި ހުރި ޑާޓާ ތަކަށް ވާސިލްވުމަށް މި ބަގް އެހީވެދޭ ކަމުގައި ފޭސްބުކް ކުންފުނިން ބުނެފައިވެއެވެ. ނަމަވެސް މި ބަގް ގެ މައްސަލަ އެކުންފުނީގެ ސަމާލުކަމަށް ގެނައީ ކޮން ފަރާތަކުން ކަމެއް އެ ކުންފުނިން ބުނެފައި ނުވެއެވެ. 

ވަޓްސްއެޕް ގެ ސްޕޯކްސްޕާސަން މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ “ވަޓްސްއެޕް އިން ކެނޑިނޭޅި މަސައްކަތްކުރަމުން މިދަނީ ފޯރުކޮށްދޭ ޚިދުމަތުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް. ދިމާވާ މައްސަލަތަކުގެ މައުލޫމާތު އަހަރެމެން އާންމުކުރަން. އަދި އެ މައްސަލަތައް ހައްލުކުރަނީ ދާއިރާގެ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް.”

މި މައްސަލަ ހައްލުކުރުމަށް ވަޓްސްއެޕް ގެ އާ އަޕްޑޭޓެއް މިހާރު ވަނީ ނެރެފައެވެ. މި އަޕްޑޭޓް ނާޅާ ހުރި ފަރާތްތަކަށް މިކަމުގެ ބިރު އެބައޮތެވެ. ވީމާ ވަޓްސްއެޕް ބޭނުންކުރައްވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެންމެ ފަހުގެ އަޕްޑޭޓް އެޅުއްވުމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top