ދީނީ ސުވާލެއް އޮތީތަ؟
ދިމާނަ
މުޖޭ ހައްޤު ހޭ – ދިމާނަ
މުނިއަވަސް ގްރެފިކްސް

ސޫރަޖް ބަރްޖާތިއާ ޑައިރެކްޓްކޮށް 2006 ވަނަ އަހަރު ގެނެސްދިން ރޮމޭންޓިކް ޑްރާމާ ހިންދީ ފިލްމު “ވިވާހް” އަކީ އަދިވެސް ލޯބީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤުބޫލު ފިލްމެކެވެ. ޚާއްސަކޮށް މުޅި އާއިލާ އެއްކޮށް ތިބެ ބަލައިލެވޭ ފަދަ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މި ފިލްމުގެ މަޤުބޫލުކަން އިތުރެވެ.

މިއަދު މި ފިލްމު ރިލީޒްކުރިތާ 21 އަހަރު ފުރުމާއި ދިމާކޮށް މި ގެނެސްދެނީ މި ފިލްމުގެ އެންމެ މަޝްހޫރުވި ލަވަ “މުޖޭ ހައްޤު ހޭ” އެވެ. މިއީ މި ފިލްމުގައި ލީޑް ދެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރް (ޕްރޭމް) އަދި އަމްރީތާ ރާއޯ (ޕޫނަމް) ގެ އެންގޭޖްމަންޓަށްފަހު ޕްރޭމްމެން އަނެއް ދުވަހު ފުރާތީ، އެރޭ ޕޫނަމްމެން ގޭގެ ޓެރަސްގައި އެ ދެމީހުން އެކަނި ބައްދަލުކުރާ ވަގުތުގައި އަންނަ ވަރަށް ރޮމޭންޓިކް ލަވައެކެވެ..

ލަވައިގައި ބަޔާންކޮށްދީފައިވާ ލޯބި މި ދެ ތަރިންގެ ފުރިހަމަ ކެމިސްޓްރީއާއި އެކްޓިން އިން ދައްކުވައިދިންއިރު، އަޑު އަހާލަން ފަސޭހަ މަޑުމައިތިރި މި ލަވައަކީ އުދިތު ނާރަޔަން އާއި ޝްރެޔާ ގޯޝާލްގެ ހިތްގައިމު އަޑުން އިވިގެންދިޔަ ލަވައެކެވެ. ލަވައިގެ ޅެމާއި މިއުޒިކް ހަދާފައިވަނީ ރަވިންދުރަ ޖެއިން އެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

މުޖޭ ހައްޤު ހޭ

އަހަންނަށް ޙައްޤު ލިބިގެންވެއެވެ.

ތުޖްކޯ ޖީ ބަރްކެ މޭ ދޭކޫން، މުޖޭ ހައްޤު ހޭ

ހިތް ފުރޭވަރަށް ކަލާއަށް ބަލަން ހުރުމުގެ ޙައްޤު އަހަންނަށް އެބައޮތެވެ.

ބަސް ޔުނހީ ދޭކްތަ ޖާއޫން، މުޖޭ ހައްޤު ހޭ

މިވެސް ކިޔާލަން:  "ދިލް ވާލޭ ޗޯރް" ވަރަށް ހިތްގައިމު

ހަމައެކަނި މިގޮތަށް ބަލަހައްޓައިގެން ހުރުމުގެ ޙައްޤު އަހަންނަށް އެބައޮތެވެ.

ޕިޔާ.. ޕިޔާ.. ޕިޔާ ޕިޔާ ބޯލޭ މެރާ ޖިޔާ

ލޯބިވާ ފުރާނަޔާއެވެ. އަހަރެންގެ ހިތް ގޮވަނީ ކަލާއަށެވެ.

ތުމްހޭ ހައްޤު ހޭ، ތުމްހޭ ހައްޤު ހޭ، ތުމްހޭ ހައްޤު ހޭ

ކަލާއަށް އެ ޙައްޤު ލިބިގެންވެއެވެ.

*****

ދަލް ރަހީ ޕިގަލް ރަހީ ޔޭ ރާތު ދީރޭ ދީރޭ

މި ރޭގަނޑުގެ ވަގުތުތައް މަޑުމަޑުން ފާއިތުވަމުން ގޮސް ހުސްވަނީއެވެ.

ބަޅް ރަހީ ހޭ ޕިޔާރް ކީ ބާތު ދީރޭ ދީރޭ

ލޯބީގެ ވާހަކަތައް ދަނީ މަޑުމަޑުން ފުންވަމުންނެވެ.

ޗޫޅިޔާން ގުންގުނާކޭ ކިޔާ ކަހޭ ސަޖްނާ

އަހަރެންގެ އަތުގައި މިވާ ތަނޑިތަކުގެ އަޑުން އެ ގޮވާލަނީ ކީކޭ ހެއްޔެވެ؟

ޔޭ ޗޫޅިޔާން ގުންގުނާކޭ ކިޔާ ކަހޭ ސަޖްނާ

އަހަރެންގެ އަތުގައި މިވާ ތަނޑިތަކުގެ އަޑުން އެ ގޮވާލަނީ ކީކޭ ހެއްޔެވެ؟

ރާތު ކީ ރާތު ޖަގާއޫން، މުޖޭ ހަޤް ހޭ

މުޅި ރޭ ހޭލާ ހުރުމުގެ ޙައްޤު އަހަންނަށް އެބައޮތެވެ.

ޗާންދު ޕޫނަމް ކަ ޗުރާއޫން، މުޖޭ ހަޤް ހޭ

ސާދަވިލޭރޭގެ ހަނދު ފަދަ ތިޔަ ރީތިކަން ވަގަށް ނެގުމުގެ ޙައްޤު އަހަންނަށް ލިބިގެންވެއެވެ.

ޕިޔާ.. ޕިޔާ.. ޕިޔާ ޕިޔާ ބޯލޭ މެރާ ޖިޔާ

ލޯބިވާ ފުރާނަޔާއެވެ. އަހަރެންގެ ހިތް ގޮވަނީ ކަލާއަށެވެ.

ތުމްހޭ ހައްޤު ހޭ، ތުމްހޭ ހައްޤު ހޭ، ތުމްހޭ ހައްޤު ހޭ

ކަލާއަށް އެ ޙައްޤު ލިބިގެންވެއެވެ.

*****

ކަލް ސުބާ ތުޖްސެ މޭ ދޫރް ޗަލާ ޖާއޫންގާ

މިވެސް ކިޔާލަން:  ބީޅް މޭ ތަންހާއީ މޭ – ދިމާނަ

މާދަމާ ހެނދުނު އަހަރެން ކަލާޔާ ދުރަށް ދާނަމެވެ.

އޭކް ޕަލް ކޮ ބީ ތުޖޭ ބޫލް ނެހީ ޕާއޫންގާ

ނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް ކަލާ މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ.

ޔޭ ޗެހެރާ ޔޭ މުސްކާން އާނކޯން މޭ ބަރްކޭ

ތިޔަ މޫނާއި ތިޔަ ހިނިތުންވުން އަހަރެންގެ ލޮލުގެ ތެރޭގައި ރައްކާކޮށްގެން،

ޔޭ ޗެހެރާ ޔޭ މުސްކާން އާނކޯން މޭ ބަރްކޭ

ތިޔަ މޫނާއި ތިޔަ ހިނިތުންވުން އަހަރެންގެ ލޮލުގެ ތެރޭގައި ރައްކާކޮށްގެން،

މޭ ތެރޭ ޔާދު މޭ ތަޅްޕޫން، މުޖޭ ހައްޤު ހޭ

ކަލާގެ ހަނދާނުގައި ތެޅިފޮޅުމުގެ ޙައްޤު އަހަންނަށް އެބައޮތެވެ.

ތުޖްސެ މިލްނޭ ކޯ މޭ ތަރްސޫން، މުޖޭ ހައްޤު ހޭ

އަދި ކަލާޔާ ބައްދަލުކުރުމަށް އެދި ކެތްތެރިކަން ކުޑަވެފައި ހުރުމުގެ ޙައްޤުވެސް އަހަންނަށް ލިބިގެންވެއެވެ.

ޕިޔާ.. ޕިޔާ.. ޕިޔާ ޕިޔާ ބޯލޭ މެރާ ޖިޔާ

ލޯބިވާ ފުރާނަޔާ، އަހަރެންގެ ހިތް ގޮވަނީ ކަލާއަށެވެ.

ތުމްހޭ ހައްޤު ހޭ، ތުމްހޭ ހައްޤު ހޭ، ތުމްހޭ ހައްޤު ހޭ

ކަލާއަށް އެ ޙައްޤު ލިބިގެންވެއެވެ.

މުޖޭ ހައްޤު ހޭ، ތުމްހޭ ހައްޤު ހޭ

އަހަންނަށް ޙައްޤު އެބައޮތެވެ. އާނއެކެވެ. ކަލާއަށް އެ ޙައްޤު ލިބިގެންވެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top