ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ކުޅުނު ކުރު ފިލްމު ”ދަ ގްރޭ ޕާޓް އޮފް ބްލޫ“ ޔޫޓިއުބަށް ލާފައި ވާއިރު، އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. މީގެ ދެ ދުވަސްކުރިން އެ ފިލްމު ޔޫޓިއުބަށް ލާފައިވާއިރު، މިހައިތަނަށް 586 ހާސް ވިއުސް ލިބިފައިވެއެވެ.
”ދަ ގްރޭ ޕާޓް އޮފް ބްލޫ“ އަކީ 10 މިނިޓާއި 4 ސިކުންތުގެ ފިލްމެކެވެ. މި ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައިވަނީ ތިއެޑޯ ޖިމެނޯ އެވެ. ސުހާނާއާ އެކު ފިލްމުން ފެންނަނީ ރޮބިން ޖޮނެލާ އެވެ. ތިއެޑޯ ”ދަ ގްރޭ ޕާޓް އޮފް ބްލޫ“ ކުރުކޮށް ހުލާސާކޮށްފައި ވަނީ ދެ ދުވަހުގެ ރޯޑް-ޓްރިޕަކަށް ނުކުންނަ ޒުވާން ޖޯޑެއްގެ ގުޅުމަކަށް ދަތުރުމަތީގައި ކުރިމަތިވާ އިމްތިނާހެއްގެ ގޮތުގަ އެވެ.
”ދަ ގްރޭ ޕާޓް އޮގް ބްލޫ“ އިނގިރޭސިވިލާތުގައި ސްކޫލަކުން ދާދި ފަހުން ގްރެޖްއޭޓްވުމުގެ ކުރިން ސުހާނާ އާއި ތިއެޑޯ ކިޔެވުމުގެ ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާފައިވާ ފިލްމެކެވެ.
ފިލްމު ބެލި ގިނަ މީހުން ސުހާނާގެ އެކްޓިންއަަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ. ޝާހްރުކްގެ އެކްޓިން ހުނަރު ސުހާނާއަށް ލިބިފައިވާކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.
ސުހާނާގެ ކުރު ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު އިންތިޒާރ ުކުރަމުން އަންނަނީ ސުހާނާގެ ފިލްމެއް ބޮލީވުޑުން ބަލައިލަން ލިބޭނެ ވަގުތަކަށެވެ. ޝާހްރުކް ބުނެފައިވާ ގޮތުގައި ސުހާނާ ކިޔަވައި ނިމުމުން ފިލްމު ދާއިރާ އަށް ނުކުންނާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




