ޗައިނާގެ ޝަންޓޮއު ގައި ނޮވެމްބަރު 17 އިން 24 ގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކޮށް ހުސައިން އަރީފް (އިބޫ) “އޯފަން މެންސް – ޝޯޓް ބޯޑް” ބައިން ލޯ މެޑަލް ހޯދައިފިއެވެ.
އިސްމާއިލް ރަޝީދު (ސްމައިލީ) ވެސް ވަނީ ފައިނަލަށް ދަތުރުކޮށް ހަތަރުވަނަ ހޯދާފައެވެ. މި މުބާރާތުގެ އެއް ވަނަ އަދި ދެ ވަނަ ވެސް ހޯދީ ރާޅާ އެޅުންތެރިންނެވެ.
މި މުބާރާތަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަަމަ ރާޅާ އެޅުމުގެ މުބާރާތް ކަން ފާހަގަކޮށްލެވެއެވެ. އިބޫ ވަނީ މި މުބާރާތުން ލޯ މެޑަލް ހޯދާ ތާރީޚުން ޖާގަ ހޯދާފައެވެ.

އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްން ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދުން
މި މުބާރާތުގައި ރާއްޖޭގެ ފަރާތުން 4 ރާޅާ އެޅުންތެރިން ބައިވެރިވެފައިވެއެވެ.
އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕުގެ އިތުރުން ރާއްޖެ ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ޖަޕާނުގައި އޮތް ވޯލްޑް ސާފިންގް ގޭމްސްގައިވެސް ބައިވެރިވެފައެވެ.

އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްން ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދުން
