ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‏”ބޭހަދް” ސީޒަން 2 އަންނަނީ

ކާމިޔާބު ހިންދީ ސީރީޒް ބޭހަދްގެ ދެވަނަ ސީޒަނެއް ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޝޯގެ މައި ކެރެކްޓާ ކަމުގައިވާ “މާޔާ” ގެ ކެރެކްޓާ މިފަހަރުވެސް ކުޅޭނީ ކުރިންވެސް އެ ކެރެކްޓާ ކުޅުނު ޖެނިފާ ވިންގެޓްއެވެ.  

މިކަމާ ބެހޭ ގޮތުން މީޑިޔާގައި ވާހަކަ ދައްކަމުން ޖެނިފާ ބުނީ  ފުރަތަމަ ސީޒަންގައި މާޔާއަކީ އިންތިހާ ދަރަޖައަށް ލޯތްބަށް ބޭނުންވެފައިވާ މީހެއްކަމަށާއި ދެވަނަ ސީޒަންގައި އިންތިހާ ދަރަޖައަށް މާޔާއަށް ބޭނުންވާ އެއްޗަކީ ބަދަލު ހިފުން ކަމަށެވެ. 

ފެށޭ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ދައްކަންފެށުމަށް ހަމަޖެހިފައިވާ ބޭހަދް 2 ގައި މަސައްކަތް ކުރަން ލިބުމަކީ ފަޚުރެއްކަމަށް ޖެނިފާވަނީ ބުނެފައެވެ. 

ބޭހަދް ސީރީޒްއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލުވި ސީރީޒްއެކެވެ. ސީރީޒް ނިމުނީ މާޔާގެ ފިރިމީހާ އޭނާ ގަޔަށް ބަޑިޖަހާ މަރާލި ހިސާބުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top