ބޮލީވުޑްގައި މިހައިތަނަށް އެންމެ ދިގުކޮށް ގެނެސްދޭ ފްރެންޗައިޒް ފިލްމް ކަމުގައިވާ ގޯލްމާލްގެ 5 ވަނަ ފިލްމުންވެސް އަޖޭ ދޭވްގަން ފެނިގެންދާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކުޅަދާނަ ޑައިރެކްޓަރ ރޯހިތު ޝެޓީގެ ގޯލްމާލް 5 ވަނަ ފިލްމްގެ މަސައްކަތް ފަށާފައިވާއިރު މިއީ މިހާތަނަށް 5 ފިލްމު ނެރޭ ފުރަތަމަ ފްރެންޗައިޒެވެ.
ރޯހިތު ޝެޓީގެ އެންމެ ފަހުގެ ފިލްމް ކަމުގައި ވާ ސިމްބާ ގެ ލަަވަ އާކް މާރޭގައި ވަނީ ގޯލްމާލްގެ ކާސްޓް ދައްކާލައި ބެލުންތެރިންނަށް ގޯލްމާލް 5 ގެ ހިންޓެއް ދީފައެވެ.
2006 ވަނަ އަހަރު ގޯލްމާލްގެ ނަމުގައި މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމް ނެރުނެވެ. އެއަށް ފަހު 2008 ވަނަ އަހަރު ގޯލްމާލް ރިޓާންސްގެ ނަމުގައި މީގެ 2 ވަނަ ފިލްމް ވަނީ ނެރެފައެވެ. 2010 ވަނަ އަހަރު ގޯލްމާލް 3 ނެރުނު އިރު މީގެ 4 ވަނަ ފިލްމް ނެރެފައިވަނީ 2017 ވަނަ އަހަރު ގޯލްމާލް އަގެއިން ގެ ނަމުގައެވެ.
ގޯލްމާލްގެ ކޮންމެ ފިލްމެއްވެސް ބެލުންތެރިން ވަނީ ބަލައިގަނެފައެވެ.
