ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތައި ސިލްކް ފެޝަން ވީކްގައި ރާއްޖެ ބައިވެރިވެއްޖެ

ތައި ސިލްމް ފެޝަން ވީކްގެ ނަމުގައި ހުސްވި ނޮވެމްބަރު މަހުގެ 18 އިން 21 އަށް ކުރިއަށް ގެންދިޔަ ތައި ސިލްކް ފެޝަން ވީކްގައި ރާއްޖޭގެ ދެފަރާތެއް ބައިވެރިވެއްޖެއެވެ. އަދި މީގެ އިތުރުން ނޮވެމްބަރު 23 ގައި ބޭއްވި ގްރޭންޑް ފެޝަން އެކްސްޓްރަވެގެންޒާގައި ވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ސަގާފަތް ދައްކާލުމަށް ލިބުނު މީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އިން ވަނީ ބުނެފައެވެ.

މި ފެޝަން ޝޯ ތަކުގައި ރާއްޖެއިން ބައިވެރިވެފައިވަަނީ މަޝްހޫރު ޑިޒައިނަރ މޫނިސާ ލުތުފީ އާއި އައިޝަތު ޝިމްލާއެވެ.

ރާއްޖޭގެ ސަގާފީ ހެދުމުން އިންޕަޔަރ ވެގެން ޑިޒައިންކޮށްފައިވާ ރީތި ކަލެކްޝަންއެއް މި ދެފަރާތުން ވަނީ ދައްކާލަ ދީފައެވެ.

މި ފެޝަން ޝޯ އަކީ ތައިލެންޑްގެ ކުއީން މަދަރ ކަމުގައިވާ ސިރިކިޓް ކުއީންގެ ޝަރަފުގައި އެގައުމުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މިއީ މި ފެޝަން ވީކް ބާއްވާތާ 9 ވަނަ އަހަރެވެ.

ތައި ސިލްކް ފެޝަން ވީކްގައި ރާއްޖެއިން ދައްކައިލި ބައެއް ހެދުންތައް – ފޮޓޯ: މޯލްޑިވްސް ނެޓް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top