މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް މާއެބޫ ޑައިރެކްޓްކޮށްފައިވާ ލޯބީގެ ވާހަކަތަކެއް ކިޔައިދޭ ފިލްމު ’ނޭދެން ވަކިވާކަށް‘ އަންނަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރާނީ ބޭރުގެ ފަންނާނުންތަކެއް ގެނެސް ވަރަށް ކުލަގަދަކޮށް ކަމަށް ފިލްމު ގެ ޑައިރެކްޓަރ މުހައްމަދު އަބޫބަކުރު (މާއެބޫ) ބުނެފި އެވެ.
ބޭރުގެ ފަންނާނުންތަކެއް ގެނެސްގެން ސްޓޭޖް ޕަފޯމަންސްތަކާ އެކު ”ނޭދެން ވަކިވާކަށް“ ޕްރިމިއާ ކުރާތީ، ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކާނީ 200ރ. އަށެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް 100ރ. އަށެވެ.
މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޔޫސުފް ޝަފީއު އާއި ފާތުމަތު އާޒިފާ ގެ އިތުރުން ފިލްމަކުން އަލަށް ފެނިގެންދާ ނެށުންތެރިޔާ/ޑިޒައިނަރު ޖާދުﷲ އިސްމާއީލް އެވެ. ފިލްމުގެ މީގެ އިތުރުން އަހުމަދު އަޒްމީލް، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު، އާރިފާ އިބްރާހީމް، އަލީ ޝާހިދު އަދި އިބްރާހީމް ރިޔާޒް ހިމެނެ އެވެ.
ފިލްމުގެ ޑައިރެކްޓަރ މާއެނބޫ ބުނީ ފިލްމް އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، މިހާރު ކުރިއަށް ދަނީ ފިލްމް ޕޮލިޝް ކުރުމުގެ މަސައްކަތް ކަމަށާއި ބެލުންތެރިންނަށް ފިލްމު ވަރަށް ކަމުދާނެ ކަމަށެވެ.
”ފިލްމް ވަރަށް ތަފާތުވާނެއެކޭ ބުނާ ހިތެއް ނެތް. އެކަމަކު ބެލުންތެރިންނަށް ވަރަށް ރީތި، ގަޔާވާ ކަހަލަ ފިލްމަކަށް މި ފިލްމް ވާނެ. ކާސްޓަށް ބެލިޔަސް ރާއްޖޭގެ މަޝްހޫރު ތަރިންތަކެއް މީގައި އެބަ އުޅޭ،“. މާއެނބޫ ބުނީ ”ނޭދެން ވަކިވާކަށް“ އަކީ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބުރަކޮށް އަދި އެންމެ ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރެވުނު ފިލްމް ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



