ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާމާމަކުނާއި އޫރުގެ “ހައިބްރިޑް” އެއް އުފައްދައިފި

ރާމާމަކުނާއި، އޫރުގެ ސެލްތައް ބޭނުންކޮށްގެން ދުނިޔޭގައި ފުރަތަަމަ ފަހަރަށް އެ ދެ ޖަނަވާރުގެ “ހައިބްރިޑް” އެއް ކާމިޔާބު ކަމާއިއެކީ އުފަންކޮށްފިއެވެ.

ޗައިނާގެ ސައިންސްވެރިން ކުރިއަށް ގެންދިޔަ މި ތަޙްލީލު ގައި “މެކާކް މަންކީ” ކިޔާ ވައްތަރުގެ ރާމާމަކުނުގެ “ސްޓެމް ސެލް” ލެބޯޓްރީގައި ބޮޑުކޮށް އެ “ސްޓެމް ސެލް” ވަނީ އޫރުގެ “އެމްބްރިއޯ” އެތެރެއަށް އިންޖެކްޓް ކޮށްފައެވެ.

“މޮއިންކީސް” ގެ ނަމުން ނަން ދެވިފައިވާ މި “ހައިބްރިޑް” އުފެއްދުމަށް 4000 ފަހަރު “އިމްޕްލާންޓް” ކުރިނަމަވެސް، އުފަންވެފައިވަނީ އެންމެ 10 “ހައިބްރިޑް” އެވެ. އޭގެތެރޭން ވެސް ފުރިހަމަކޮށް އުފަންވީ 2 “ހައިބްރިޑް” އެވެ. އެ ދެ ޖަނަވާރުވެސް ހަފްތާއެއްގެ ތެރޭގައި ވަނީ މަރުވެފައެވެ.

ޗައިނާގެ ސައިންސްވެރިން ބުނިގޮތުގައި މި “ހައިބްރިޑް” ތައް މަރުވީ “އިންޓްރޯ ވާޓްރޯ ފާޓިލައިޒޭޝަން” (އައި.ވީ.އެފް) ހެދުމުގައި ކޮންމެވެސް މައްސަލައެއް ދިމާވުމުންނެވެ. ނަމަވެސް މިއީ ދުނިޔޭގައި ފުރަތަަމަ ފަހަރަށް ކާމިޔާބު ކަމާއިއެކު އުފަންކުރެވުނު “މޮއިންކީސް” ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top