ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަޠަލާ ވިދްޔާ ބާލަން މިއަދު ރާއްޖެ އަތުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ވިދްޔާ ބާލަން ޗުއްޓީ ހޭދަކޮށްލުމަށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ.

ވިދްޔާ ރާއްޖެ އައިކަން މުނިއަވަސް އަށް ކަށަވަރުވެފައިވާއިރު، އެއާޕޯޓް ތެރޭގައި ވިދްޔާ އާއެކު އެތަނުގެ މުވައްޒަފެއް ނަގާފައިފައިވާ ސެލްފީއެއް ވެސް މުނިއަވަސް އަށް ވަނީ ލިބިފައެވެ.

ރާއްޖޭގައި ވިދްޔާ ޗުއްޓީހޭދަކުރަނީ ކޮން ރިޒޯޓެއްގައިކަން އަދި ސާފެއް ނުވެއެވެ.

ވިދްޔާގެ އަންނަން އޮތް ފިލްމު “ޝަކުންތަލާ ދޭވީ” ރިލީޒްވާނެ ތާރީޚް އޭނާ ރާއްޖެ އައުމުގެ އެއް ދުވަސް ކުރިން ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފައެވެ. ވިދްޔާ ކޮށްފައިވާ ވީޑިއޯ ޕޯސްޓެއްގައި ބުނީ 148 ދުވަސް ފަހުން އެ ފިލްމު ރިލީޒްވާނެ ކަމަށެވެ.

ފިލްމު “ޝަކުންތަލާ ދޭވީ” އަކީ އިންޑިއާގެ މަޝްހޫރު ހިސާބު ޢިލްމުވެރިޔާ ޝަކުންތަލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ވިދްޔާ ބާލަން އާއި ސަންޔާ މަލްހޯތްރާ ހަރަކާތްތެރިވެއެވެ.

މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ 08 މެއި 2020 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top