މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ރޭ ލޯންޗު ކޮށް ޖަޖުންނާއި، ޝޯވް ހުށައަޅާ ޕްރެޒެންޓަރުން އިއުލާނުކޮށްފި އެވެ. ކުރީ ދެ ސީޒަން އާއި ޚިލާފަށް މިފަހަރު ޖަޖިން ޕެނަލް ގައި ހަތަރު ޖަޖުން ހިމެނެއެވެ.
މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ސީޒަންގެ ޖަޖުންނަނީ މަރިޔަމް އުނޫޝާ، އަހްމަދު އިބްރާހިމް (އައްމަޑޭ)، އިސްމާއިލް އައްފާން އަދި މުޅިން އަލަށް ޖަޖިން ޕެނަލަށް އިތުރުކުރި ޒާރާ މުޖުތަބާ އެވެ. މި ސީޒަންގެ ޕްރެޒެންޓަރުންނަކީ މިދިޔަ ދެ ސީޒަންގައިވެސް އައިޑޮލް ހުށަހަޅައިދިން މޫސާ ވަސީމް އެވެ. މިފަހަރު އަންހެން ހޮސްޓަކަށް ކަނޑައަޅާފައިވަނީ މަޝްހޫރު އާރްޖޭ ޝައިނާ ޝަރީފް އެވެ. މިފަހަރުވެސް މިއުޒިކް ކޯޗެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ދެ ޕްރެޒެންޓަރުން ކަމަށްވާ މޫސާ ވަސީމް އަދި ޝައިނާ
ރޭގެ ހަފްލާގައި އައިޑޮލްގެ ދެވަނަ ސީޒަން ކާމިޔާބުކުރި މުހައްމަދު ތަސްނީމް (ބޮބް)ގެ އަމިއްލަ ތިން ލަވަ ވަނީ ރިލީޒްކޮށްފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!