ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭ ޓީވީގެ “ވާތު ސަންގު” ދެކެފިންތަ؟

އެނގޭހެއްޔެވެ؟ ރާއްޖޭގެ އެންމެ މަޤްބޫލު ޗެނަލް، ރާއްޖެ ޓީވީގައި “ވާތު ސަންގެއް” އެބަ އޮތެވެ. މިއީ އަގުބޮޑު ކަމަށް ބުނެ އުޅޭ ވާތު ސަންގަށްވުރެ ވެސް މާ އަގުބޮޑު ސަންގެކެވެ.

ރާއްޖެ ޓީވީގެ 9ވަނަ އަހަރީ ދުވަހުގެ މުނާސަބާ އެ ސްޓޭޝަނުން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ތަފާތު ޚާއްޞަ ޕްރޮގްރާމުތައް ފެނިގެން ދިޔައިރު، އެންމެ ބޮޑަށް ފާހަގަކުރެވުނީ އެ ސްޓޭޝަންގެ މުވައްޒަފުންގެ އާދަޔާޚިލާފު ހުނަރުވެރި މަސައްކަތެކެވެ. “ވާތު ސަންގު”ގެ ނަމުގައި ގެނެސްދިން ކޮމެޑީ ޑްރާމާ އަކީ ސަތޭކަ ދޭވަރުގެ މޮޅު މަސައްކަތެކޭ ދަންނަވަން ޖެހެއެވެ.

ވިއްސަކަށް މިނެޓްގެ “ވާތު ސަންގު” ޑްރާމާ އިން ފެނިގެން ދަނީ ގެެއެއްގައި އޮންނަ ވާތު ސަންގެއް ވަގަށް ނެގުމަށް ގޭންގަކުން ކުރާ މަސައްކަތެވެ. ޕޮލިސް އިންޓެލް އިން އެ ގޭންގްގެ ޕްލޭން ހުއްޓުވައި ގޭންގް އަތުލައިގަތުމަށް ކުރާ މަސައްކަތެވެ.

“ވާތު ސަންގު”ގައި ރާއްޖެ ޓީވީގެ ގިނަ މުވައްޒަފުންތަކެއްގެ ހުނަރުވެރި އެކްޓިންއެއް ފެނިގެންދެއެވެ. ޖޫނިއާއެއް ސީނިއާއެއް ކިޔާނެކަމެއް ނެތެވެ. ޑްރާމާގެ ތަރިންނާއި އެމީހުންގެ ކެރެކްޓަރުތަކު ވާހަކަ ދައްކައި ޑްރާމާގެ ވާހަކައިގެ ކުރިމަރައިލާކަށް ނެތީމެވެ.

https://www.facebook.com/RaajjeTelevision/videos/1299802760219514/?v=1299802760219514

އާމިރު ސަލީމް ލިޔެ ޑައިރެކްޓްކޮށްފައިވާ “ވާތު ސަންގު” މިއީ މުނިއަވަސްފިލުވައިލުމަށް ބަލައިލަންޖެހޭ ޑްރާމާއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
B&A6 އަހަރު ކުރިން

Police intel in meehun huttuvaa, card dhakkaafa mee police intel ekey nubunaane. Comedy viyas e dhn thankolheh boduvaru hn heevany.

Home
Menu
Search
Back to top