ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޮއިދޫ ފެނުއަޑީގައި

ބޯކޮށް ވާރޭވެހި ގޮއިދޫގައި ފެން ބޮޑުވުމުގެ ސަބަބުން ރައްޔިތުން ނުކުމެ ފެން ހިންދުމުގެ މަސަައްކަތް ފަށައިފިއެވެ.

ބ. ގޮއިދޫ ކައުންސިލާއި ފަޔަރ އެންޑް ރެސްކިއު ޓީމް އަދި ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ހެނދުނު ފަށާފައި ވާއިރު މީހުން ދިރިއުޅޭ ބައެއް ގޭގެއަށް ވަނީ ފެން ވަދެފައެވެ.

ފެންބޮޑުވުމާއި ގުޅިގެން ކައުންސިލުން ވަނީ ގޭގެއަށް ފެންވަނުމުން ލިބިދާނެ ގެއްލުންތަކުން ސަލާމަތް ވުމަށް ފެންވަނަނުދިނުމަށއ ވެލި ބަސްތާ ޖެހުމަށް ރައްޔިތުނަށް އިލްތިމާސްކޮށްފައެވެ. 

ބައެއް ގޭގެ ގޯތި ތެރޭގައި ފެން ބޮޑުވެފައިވާއިރު ބައެއްގޭގެ ކޮޓަރިތެރެއަށް ވެސް ފެންވަދެފައިވާކަން ފާހަނގުކުރެވެއެވެ. ނަމަވެސް ލިބިފައިވާ ގެއްލުން ތަކުގެ ތަފްސީލު އަދި ވަނީ ނުލިބިއެވެ.

މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާގޮތުގައި މިމަހުގެ 18 ވަނަދުވަހުގެ ހެނދުނު 08:00 އިން 19 ވަނަ ދުވަހުގެ ހެނދުނު 08:00 އަށް ބ. ގޮއިދޫއަށް 131 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.​

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top