އިންޑިއާގެ އެންމެ އަގުބޮޑު ސެލެބްރިޓީގެ މަގާމަށް މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ހޮވިއްޖެއެވެ.

ވިރާތު މި މަގާމަށް ހޮވިފައިވަނީ މި ލިސްޓްގެ އެއްވަނައިގައި އޮތް ބޮލީވުޑްގެ މަގުބޫލް ތަރި ސަލްމާން ޚާނާއި ވާދަ ކޮށްގެންނެވެ. މި ލިސްޓްގެ އެއްވަނައަށް ވިރާތު ހޮވިފައި ވާއިރު މި ލިސްޓްގެ ދެވަނައިގައި ވަނީ ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރެވެ. މީގެ އިތުރުން މިއަހަރުގެ މި ލިސްޓުގެ ތިންވަނައިން ޖާގަ ހޯދާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް މި ލިސްޓުގެ އެއްވަނައިގައި އޮތް ސަލްމާން ޚާނެވެ.

ލިސްޓްގެ ހަތަރުވަނައިގަ އޮތީ ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.