ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލޯބިވެވިއްޖެ” ގެ ޝޫޓިންއަށް ތަރިންނާއި ކްރޫ ތިނަދުއަށް

އެކްޓަރ/ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ޢަލީ ސީޒަންގެ ފީޗަރ ފިލްމު ”ލޯބިވެވިއްޖެ“ގެ ޝޫޓިންއަށް ފިލްމުގެ ތަރިންނާއި ކްރޫ، ގދ. ތިނަދުއަށް މިއަދު ހިނގައްޖެއެވެ.

ފިލްމުގެ މުހިންމު ބައެއް ތަރިންނާއި ސީޒަން، ކެމެރާމަން ދަބާ އާއި ފިލްމުގެ ކޮސްޓިއުމް އަދި މޭކަޕް އާޓިސްޓް ސޭންޑީ މިވަގުތު ތިބީ ތިނަދޫގައެވެ. ފިލްމުގެ ޝޫޓިން މާދަމާ ފަށާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ޝާނީޒް ޢަލީ ޕްރޮޑިއުސްކޮށް އެސް ޕްރޮޑަކްޝަނުން އުފައްދާ ”ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)ގެ އިތުރުން ޢަލީ ޝަމީލް ހިމެނެއެވެ.

ލޯބިވެވިއްޖެ“ ޑައިރެކްޓްކުރަނީ ސީޒަންއެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ.

މަލްޓި ކާސްޓެއް ހިމެނޭ މި ފިލްމު އެޅުވުމަށް އަމާޒުހިފާފައި ވަނީ އަންނަ އަހަރު ރަމަޟާން މަހުގެ ފަހުން ކަމަށް ސީޒަން ބުނެއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Ahmed Shah Ali6 އަހަރު ކުރިން

KobAtha rajjeyge mash hooru noosthah online hahahahaha mash hooru myhun baithihbaa siyaasy habaru liyan muniavas kuriyah filmy dhaairaaign dho

Home
Menu
Search
Back to top