ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ މުޙައްމަދު އާދިލް ރަޝީދު، 23 ޑިސެމްބަރު 2019 އާދީއްތަ ދުވަހުގެރޭ 21:00 އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޢާދިލް އަވަހާރަވީ ކޮލޮމްބޯ ގައި ހުންނަ ލަންކާ ހޮސްޕިޓަލުގައެވެ. އަވަހާރަވީ، ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ހަމުގެ ޚާއްޞަ ޑޮކްޓަރު އާދިލް ފާހަގަވެފައި ވަނީ، އަބަދުވެސް ނުހަނު އޯގާތެރިކަމާއި އެކީ އެންމެންނާއި ވެސް މުޚާތަބުކުރާ، ޙުލްޤުހެޔޮ ރިވެތި އާދަކާދަ ގެންގުޅުއްވި ބޭފުޅެއް ގޮތުގައެވެ. އައިޖީއެމްއެޗް ގައި ވެސް މަސައްކަތް ކުރެއްވި ޑރ. އާދިލް އަކީ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ވެސް ލިބިވަޑައިގެންނެވި ޑޮކްޓަރެކެވެ.
ޑޮކްޓަރު ޢާދިލް ސަލީމު އަވަހާރަވުމުން ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ މަޢުރޫފް ޙުސައިން ވިދާޅުވީ ޢާދިލް އަކީ ރާއްޖޭގެ ހަމުގެ ޑޮކްޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ފުންނާބުއުސް ހުނަރުވެރި ބޭފުޅެއް ކަމަށެވެ.
މަރުޙޫމް ޢާދިލް ގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. -އާމީން-
