ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިތުރު 7 މީހަކު ކޮވިޑް 19 އަށް ފައްސިވެއްޖެ

އިތުރު 7 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުުުގެެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅު ވެއްޖެއެވެ.

ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އިތުރު 7 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ 4 ބިދޭސީންނާއި 3 ދިވެހިން ކަމަށެވެ.

މިއާއި އެކު، ދިވެހިރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 67 އެރީއެވެ. އެ ގޮތުން މިއަދު އެކަނި ވެސް 15 މީހުން ފައްސިވެފައިވެއެވެ. މީގެތެރެއިން 45 މީހުންނަކީ މާލެއިން ފައްސިވެފައިވާ މީހުންނެވެ. އަދި މިއަދު ފައްސި ވީ މީހުންގެ ތެރޭގައި 65 އަހަރުގެ މީހެއް ހިމެނޭ ކަމަށް މި ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top