މަޝްހޫރު ޑައިރެކްޓަރ އަމްޖަަދު އިބްރާހީމް (އަމްޖޭ)ގެ ކޮމެޑީ ވެބް ސީރީޒް “ބްރިޖް” ދައްކާނީ ބައިސްކޯފުން ކަމަށް އަމްޖޭ ބުނެފިއެވެ. އަމްޖޭ މިހެން ބުނި ނަމަވެސް، ސީރީޒް ދައްކަން ފަށާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
މިހާރު “ބްރިޖް”ގެ އެޑިޓިން އާއި ޑަބިންގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. މި ސީރީޒް އެޑިޓްކުރަނީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫޤް އެވެ.
އަމްޖޭގެ “ބްރިޖް”ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި، މަޝްހޫރު އެކްޓްރެސް ޝީލާ ނަޖީބް، މަޤްބޫލު އެކްޓަރ ޝަމީލް، ކޮމެޑީގެ ރަސްގެފާނު އަޙްމަދު ޝާޒް (ތަޖޫ)، ހުނަރުވެރި އެކްޓްރެސް އާމިރާ، މަންމަ ބަޔަށް ހިތްގައިމު މަރިޔަމް ހަލީމްގެ އިތުރުން އުއްމީދީ އެކްޓަރ އަނިލް ހިމެނެއެވެ.
1980ގެ އަހަރުތަކުގައި ގެނެސްދިން މަޝްހޫރު ރޭޑިއޯ ޑްރާމާ ސީރީޒް “ހިނިފުޅުވަޑުވާލައްވާ”ގެ އެޕިސޯޑެއްގައި ހިމެނުނު ސަމާސާ އަދަބުގެ ލަވަ ‘އިޝްގީގެ ތީރުން ހިތްވީ ހަލާކޭ’ގެ އައު ވަރޝަން އެއް މި ސީރީޒްގައި ހިމަނާފައިވެއެވެ. މުނިއަވަސްގެ ޕްރޮގްރާމެއްގައި މި ލަވަ އެއްކޮށް އިއްވާލާފައި ވާއިރު، ލަވައިގެ މަންޒަރެއް އަމްޖޭ ވަނީ މުނިއަވަސްއާ ހިއްސާވެސް ކޮށްފައެވެ.
މުނިއަވަސް އާ ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކާއި ބައެއް އޯޑިއޯ ކްލިޕްތަކުން، “ބްރިޖް”ގައި އާމިރާ ފެނިގެންދަނީ ޖިންނިއެއްގެ ރޯލުން ކަމަށް ޤަބޫލުކުރެެވެއެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/3131094910457479″ poster=”http://www.muniavas.com/wp-content/uploads/2021/10/BRIDGE.jpg”]
