ފިލްމު ތަކާއި ޑްރާމާތަކުން މަޝްހޫރުކަން ހޯދި ބޮލީވުޑްގެ އެކްޓަރ ކުޝާލް ޕަންޖާބީ ވަނީ ރޭގެ ވަގުތެއްގައި އަމިއްލަ އަށް މަރުވެފައެވެ.
ފުލުހުން މިހާރު ވަނީ އޭނާގެ މަރު ތަހުގީގު ކުރަން ފަށާފައެވެ. އެހެން ނަމަވެސް ކުޝާލް އަމިއްލަ އަށް މަރުވެފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
އުމުރުން 37 އަހަރުގެ ކުޝާލް މަރުވި އިރު އޭނާ ވަނީ ކައިވެންޏެއް ކޮށްގެން ދަރިއެއް ލިބިފައި ވެއެވެ.
އޭނާގެ މަރާ ގުޅިގެން ގިނަ ބަޔަކު ހިތާމަ ފާޅުކުރަމުން ދެއެވެ. ކުޝާލް އަމިއްލައަށް މަރުވުން ވެގެން ދިޔައީ އާއިލާ އާއި ރަށްޓެހިންނަށް ލިބުނު ބޮޑު ހިތާމައަކަށެވެ.
ކިޔުންތެރިންގެ ޚިޔާލު
