“ލާމު ޔޫތު ޑިވެލޮޕްމެންޓް” ޖަމިއްޔާއިން ހުނަރުވެރި ހޭންޑްބޯޅަ ކުޅުންތެރިތަކެއް އުފެއްދުމަށް ހޭންޑްބޯޅަ އެކެޑަމީއެއް ހިންގަން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ލ. އަތޮޅުގެ ޒުވާނުންތަކެެއް، ޒުވާނުންގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ “ލާމު ޔޫތު ޑިވެލޮޕްމެންޓް”ގެ ފޭސްބްކް ޕޭޖްގައި އާއްމުކޮށްފައިވާ ގޮތުން މި އެކެޑަމީގައި 15އަހަރުން ދަށުގެ އަންހެންކުދިންނަށް ބައިވެރިވެވޭނެެއެވެ. އެކެޑަމީގައި ބައިވެރިވުމަށް 15 ޖެނުއަރީ 2020ގެ ކުރިން ރެޖިސްޓްރީވާން ޖެހެއެވެ.
އެކެޑަމީގައި ރެޖިސްޓްރީވުމަށް އެ ޖަމިއްޔާ އާއި ގުޅައިގެން ނުވަތަ އޮންލައިންކޮށް ފޯމު ޑައުންލޯޑްކޮށްގެން ރެޖިސްޓްރީވެވޭނެކަމަށް އެ ޖަމިއްޔާއިން ބުނެެެވެ.
ފޯމު ޑައުންލޯޑްކުރުމަށް: https://bit.ly/2F36MzP
މިއީ ‘އެމްވައިއެމް’ ގެ ނަމުގައި 03 ފެބްރުއަރީ 2019 އިން ފެށިގެން ހަރަކާތްތެރިވަމުން އައި ޖަމިއްޔާއެކެވެ.
