ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭގެ ސުޕަރސްޓާ ރީކޯ މޫސަ، 25 އަހަރު ފަހުން ބަޠޮލަކަށް!
ފިލްމު "ކީއްވެ؟"ގެ ޝޫޓިން މަންޒަރެއް ކައްދޫ އެއާރޕޯޓްގައި ނަގަނީ / މުނިއަވަސް ފައިލްސް

ދިވެހި ފިލްމީ ދާއިރާގައި މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކު 25 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބަތަލެއްގެ ރޯލުން ފެނިގެންދާ ޚަބަރެވެ. އޭނާ އެނބުރި އަންނަނީ “ކީއްވެ” މި ނަމުގައި ރިލީޒްކުރުމަށް ތައްޔާރުވަމުންދާ އައު ފިލްމުންނެވެ.

މި ފިލްމަކީ ފާހަގަކޮށްލެވޭ ޑައިރެކްޓަރު އީސާ ޝަރީފް ވެސް 22 އަހަރަށްފަހު ޑައިރެކްޝަނަށް އެނބުރި އަންނަ ފިލްމެކެވެ. މީގެ ކުރިން އީސާ ޝަރީފް ޑައިރެކްޓްކުރި މަޤްބޫލު ފިލްމު “ފަތިސްހަނދުވަރު” ގައިވެސް ރީކޯ މޫސާ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

“ކީއްވެ” ގެ ބަތަލާގެ ރޯލުން ރީކޯ މޫސާއާއެކު ފެނިގެންދާނީ ޝީލާ ނަޖީބެވެ. މީގެއިތުރުން، ދިވެހި ސިނަމާގެ މަޝްހޫރު ތަރިން ކަމުގައިވާ ޢަލީ ޝަމީލާއި މަރިޔަމް ނިޝާ ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަޙްމަދުގެ ސްކްރިޕްޓަކަށް ހަދާފައިވާ މި ފިލްމުގެ މަންޒަރުތައް މައިގަނޑު ގޮތެއްގައި ނަގާފައިވަނީ ލ. އަތޮޅުގެ އެކި ރަށްރަށުގައެވެ.

އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޕްރިމިއާ ޝޯ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މިހާރު ޓިކެޓް ވިއްކަން ފަށާފައިވާއިރު، ޓިކެޓެއްގެ އަގަކީ 400 ރުފިޔާއެވެ.

އޮކްޓޯބަރު 11 ގައި ފިލްމުގެ ރަސްމީ ޕޯސްޓަރު އާންމުކުރުމާއެކު، ދިގު މުއްދަތަކަށްފަހު ރީކޯ މޫސާ ސްކްރީނުން ބަލައިލުމަށް އިންތިޒާރުކުރަމުންދިޔަ ގިނަ ބެލުންތެރިންގެ މެދުގައި މި ފިލްމަށް ވަނީ ބޮޑު ތަރުޙީބަކާއި ޝައުޤުވެރިކަމެއް އުފެދިފައެވެ.

މިވެސް ކިޔާލަން:  މުނިއަވަސް ޕްރޮގްރާމެއްގައި ރީކޯ މޫސަ، ލަވައެއް ކުޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top