ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
މެޑޯނާ އައު އަހަރު ފާހަގަކުރުމަށް ރާއްޖެއަށް

‏މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ އައު އަހަރު ފާހަގަކުރުމަށް ބ. އަތޮޅުގެ ރިޒޯޓަކަށް މިރޭ ހިނގައްޖެއެވެ.

މުނިއަވަސް އަށް އެނގިފައިވާގޮތުން މެޑޯނާ ބ. އަތޮޅުގައި ޗުއްޓީހޭދަކުރުމަށް ހުންނަނީ ވައްކަރު ރިޒޯޓްގައެވެ.

މައުލޫމާތު ލިބޭގޮތުން މި ދަތުރުގައި މެޑޯނާ ރައްޓެހިވެގެން އުޅޭ ޒުވާން ބައިވެރިޔާ އަހްލަމާލިކް ވިލިއަމްސް ވެސް ހިމެނެއެވެ.

ޗާޓަރ ފްލައިޓެއްގައި މިއަދު މެޑޯނާ ރާއްޖެއައި އިރު، ޒުވާން ލޯބިވެރިޔާ އުމުރުން 25 އަހަރުގެ ވިލިއަމްސްއަށްވުރެ 2 އަހަރު ހަގު ދަރިއެއް މެޑޯނާގެވެސް ހުރެއެވެ. އަދި ވިލިއަމްސްގެ މައިންބަފައިންވެސް މެޑޯނާއަށްވުރެ ހަގުކަމަށް ވެެސް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މި ގުޅުމަށް ވިލިއަމްސްގެ މައިންބަފައިންވެސް ވަނީ ރުހިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top