ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯވގައި ބައިވެެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯވގައި ބައިވެެރިވުމުގެ ފުރުޞަތު ދިވެހި ފަންނާނުންނަށް ހުޅުވައިލާ ޝޯވ ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް ކުރިމަތިލުމަށް ވެސް މިއަދު ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ” ގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ފަންނާނުން، މިއަދުން ފެށިގެން މިހިނގާ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން “ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ” ރަޖިސްޓްރޭޝަން ފޯމް މިނިސްޓްރީއަށް ހުށަހެޅުމަށް އެދިލައްވައެވެ.

މީގެ އިތުރުން “ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ” ބޭއްވުމަށް ޝައުޤުވެރިވެރިވާ ރަށްތަކުން، މިއަދުން ފެށިގެން މިހިނގާ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން “ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ” ރަޖިސްޓްރޭޝަން ފޯމް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އެދިފައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ މިޝޯތަކަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ޑެސްޓިނޭޝަންތައް ސިންދަފާތުކޮށް، ދިވެހި ހުނަރުވެރި ފަންނާނުންގެ ހުނަރުތަކާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިމިނިސްޓްރީން އިންތިޒާމުކުރަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top