ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލޯބިވެވިއްޖެ” ގެ ތިނަދޫ ޝޫޓިން ނިންމާލައިފި

ޑިސެމްބަރު 24ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓިންފެށި ފިލްމު ”ލޯބިވެވިއްޖެ“ގެ މަންޒަރުތަކުން އެ ރަަށުގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނަގައި ނިމި، ކްރޫ އާއި ތަރިން މާލެ އައުމަށް ތައްޔާރުވެއްޖެއެވެ.

ތިނަދޫގައި ހުރެ، ފިލްމުގެ ޑައިރެކްޓަރ ސީޒަން ބުނީ މާދަމާގެ ވަގުތެއްގައި ފުރާނެކަމަށެވެ.

“ފިލްމުގެ ތިނަދޫގަ ޝޫޓްކުރަންޖެހޭ ހުރިހާ މަންޒަރުތަކެއް ނިންމާލާފަ މިހާރު މާލެ ދާން ރެޑީވީ. ދެން މާދަމާގެ ފްލައިޓުން މާލެ ދާން ތައްޔާރުވެގެން މި ތިބީ.” ސީޒަން ހާމަކުރިއެވެ.

“ދެން ބާކީ މިހާރު ޝޫޓްކުރަން ހުންނާނީ މާލޭގެ ދެ ސީންނަކާ ދެން އޭގެ އިތުރުން ލަންކާގަ ނަގަންޖެހޭ ސީންތައް އެކަނި. އެހެން ހުރިހާ މަސައްކަތްތަކެއް މިހާރު މި ނިންމާލެވުނީ.” ފިލްމުގެ ޝޫޓިން ކުރިއަށް ރާވައިލެވިފައިވާގޮތް ހިއްސާކުރަމުން ސީޒަން ބުންޏެވެ.

ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން  އުފައްދާ ”ލޯބިވެވިއްޖެ“ގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރަނީ ދަބާ އެވެ.

ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)، ޢަލީ ޝަމީލް ގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.

މީގެ އިތުރުން ތިނަދޫގެ ގިނަ ޒުވާނުންތަކެއް ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ. އެގޮތުން އެ ރަށުގެ ‘ފޮޑަހާޑާ ޕްރޮޑަކްޝަން’ ގެ މެންބަރުން މި ފިލްމުގެ މަސައްކަތުގައި ކެމެރާގެ ކުރިމައްޗާއި ފުރަގަހުގައިވެސް ހަރަކާތްތެރިވެއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ ލަވަތަކުގެ ތެރެއިން ގިނަ ލަވަތައް މިހާރު ހުރީ ނިމިފައިކަމަށް ޕްރޮޑިއުސަރ ޝާނީޒް މަޢުލާތުދެެެއެވެ.

މި ފިލްމު ރިލީޒްކުރުމަށް އަމާޒުހިފާފައި ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފަހުން ކަމަށް ސީޒަން ބުނެއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top