ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީޒަންގެ “އަނދިރިކަން” މާރިޗް ހަތަރެއްގައި ރިލީޒްކުރަނީ

އެކްޓަރު/ޑައިރެކްޓަރު ޢަލީ ސީޒަންގެ ’އެސް ޕްރޮޑަކްޝަން‘ އާއި ޢަބްދުﷲ ޝިވާޒް (މާސްކޭ)ގެ ’މާސްކޭ ސްޓޫޑިއޯ‘ އިން އާއިލީ ޑްރާމާ ސްޓައިލަށް ހަދަމުން އަންނަ ފިލްމު ”އަނދިރިކަން“ މިއަހަރު މާރިޗް މަހު 04ގައި ރިލީޒްކުރަން ނިންމައިފިއެވެ.

ސީޒަން ޑައިރެކްޓްކޮށްފައިވާ ”އަނދިރިކަން“ ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން، ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފެނިގެންދާނީ ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި ސައީދެވެ.

މިދިޔަ އަހަރު އޮކްޓޫބަރު 22ގައި ނެެރުމަށް އަމާޒުހިފި މި ފިލްމު ރިލީޒްކުރުން ފަސްކޮށްލަން ޖެހުނީ ފިލްމުގެ ޕްރޮޖެކްޓް ފައިލަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ސީޒަން ބުނެފައިވެއެވެ.

އަނދިރިކަންް“- (ނުއުފަންނަ ދަރި)ގެ ޓެގްލައިންގައި ހަދާފައިވާ މި ފިލްމުގެ
ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރުއެވެ. ކެމެރާކުރީ މާސްކޭ އެވެ. މޭކަޕްގެ މަސައްކަތްކުރީ ޒީނަތު އައްބާސް އެވެ.

ފިލްމު ޝޫޓްކުރުން ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިރު، ފުރަތަމަ މަރުހަލާގެ ޝޫޓިން ކޮށްފައިވަނީ މ. މަޑުއްވަރީގައެވެ. މ. ރަތްމަންދޫގައި ވެސް ފިލްމުގެ ޝޫޓިން ކުރިއަށްގެންދިޔައެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ފާނު6 އަހަރު ކުރިން

ހަސަޔާ ދޮންކަލޭ، މުނިއަވަސް އިން އަނދިރިކަން ފިލްމުގެ ކިތައް ޚަބަރު ހެދިކަން އެނގޭތަ؟ މި ކަބަރު އެންމެ ކުރިން ޖެހީ މުނިއަވަސްގަ ކަން އެނގޭތަ؟ ހަސަ ހާދަ ފިލާހުރެ ތިޔަ ނުގޮތަކަށް ކޮމެންޓްކޮށްލީ.

ޖުމް6 އަހަރު ކުރިން

ތީ ބޭފުޅާއަށް އަރާފަ އޮތް އޮޅުމެއް. މަށަކީ ޑެއިލީ މި ނޫސް ކިޔާމީހެއްވީމަ އެނގޭ އެމީހުން އޮންލައިން ޕާޓްނަރ ނެގީމަ ފިލްމު ޕްރޮމޯ އަށް ނިއުސްތައް ހަދާވަރު. ހަމަ ބުނެލީ

ހަސަ6 އަހަރު ކުރިން

ކޮންމެ ފިލްމެއްގެ އޮންލައިން ޕާޓްނަރ އެކަމަކު ފިލްުމުގެ ހަބަރުތައް އެހެން ނޫސްތަކުން މާބޮޑަށް ކަވަރ ކުރޭ

Home
Menu
Search
Back to top