ޝާނީޒް ޢަލީ ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން އުފައްދާ ”ލޯބިވެވިއްޖެ“ގެ ޝޫޓިން، މިމަހު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ފަށައިފިއެވެ.
”ލޯބިވެވިއްޖެ“ ޝޫޓިންގެ ބައެއް ފޮޓޯތައް އާއްމުކޮށްފައިވާއިރު، ގދ. ތިނަދޫގެ ވަރަށް ހިތްގައިމު މަންޒަރުތައް ހިމެނޭ ފޮޓޯތައް އާއްމުކޮށްފައިހުރިކަން ފާހަގަކޮށްލެވެއެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ސީޒަންއެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރަނީ ދަބާ އެވެ.

ފިލްމު ”ލޯބިވެވިއްޖެ“ ކެމެރާ ކުރުމުގައި ދަބާ – ފޮޓޯ: އެސް ޕްރޮޑަކްޝަންސް
މަލްޓި ކާސްޓެއް ހިމެނޭ ”ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)ގެ އިތުރުން ޢަލީ ޝަމީލް ހިމެނެއެވެ.
ތިނަދޫގައި ފިލްމުގެ ޝޫޓިން ފަށާފައިވާއިރު، މި ފިލްމުގެ 50 އިންސައްތަ ޝޫޓިން އަވަށްޓެރި ސްރީ ލަންކާގައިވެސް ނަގާނެއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ ގެ ޝޫޓިން ތެރެއިންން- ފޮޓޯ: އެސް ޕްރޮޑަކްޝަންސް
ފިލްމުގެ ލަވަތަކުގެ ތެރެއިން ”އިޝްގުގާ“ ލަވައިގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. އިބްރާހިމް ނިފާރު (ތިއްތި) މިއުޒިކް ހަދާފައިވާ މި ލަވައިގެ އަޑުގެވެރިޔަކީ މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ އަޙްމަދު އިބްރާހިމް (އައްމަޑޭ) އެވެ. މީގެ އިތުރަށްވެސް އިތުރު ބައެއް ލަވަތަކުގެ މަސައްކަތްތައް ވެސް ފެށިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ ގެ ޝޫޓިން ތެރެއިންން- ފޮޓޯ: އެސް ޕްރޮޑަކްޝަންސް
މި ފިލްމު ރިލީޒްކުރުމަށް އަމާޒުހިފާފައި ވަނީ އަންނަ އަހަރު ރަމަޟާން މަހުގެ ފަހުން ކަމަށް ސީޒަން ބުނެއެވެ.
ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




