ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީޒަންގެ ފޭސްބްކް ހެކްކޮށްފޮ

ސީޒަންގެ ފޭސްބްކް ޕޭޖާއި ފިލްމު “އަނދިރިކަން” އަދި ފިލްމު “އަހްޝަމް”ގެ ޕޭޖްތައް ހެކްކޮށްފައިވާކަމަށް ސީޒަން ބުނެފިއެވެ.

މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓްރ ޢަލީ ސީޒަން މިރޭ ބުނީ އޭނާގެ ފޭސްބުކް އައިޑި ހެކްކޮށްފައި ވާކަމަށާއި އެކަމަށް ރަށްޓެހިންނާއި އާއިލާއިން ސަމާލުވުމަށާއި އެކަން އާއްމުންނަށް އެންގުމަށް އެހީތެރިވެދިނުމަށެވެ.

ސީޒަންގެ ފޭސްބްކް އައިޑީ ހެކްކޮށްފައި ވުމުން އެތަކެއް ބަޔަކަށް މެސެޖްތައް ލިބެމުންދާކަމަށް ވެސް ސީޒަން ބުނެއެވެ.

ސީޒަންވަނީ އިންސްޓަގްރާމް ސްޓޯރީ އަށްވެސް އޭނާގެ ފޭސްބްކް ހެކް ކޮށްފައިވާކަން އެންގުމަށް ފޮޓޯއެއްވެސް ލާފައެވެ.

މިވަގުތު ސީޒަން ހުރީ ނިއުޒޯ ފިލްސްގެ “ކަޅަކި” ޝޫޓިންއަށް ގޮސް ލަންކާގައެވެ.

ސީޒަންގެ “އަނދިރިކަން” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top