ފިލްމީތަރި އަދި ފިލްމު “ދެވަންސޫރަ”އިގެ އެއް ޕްރޮޑިއުސަރ ޢަލީ ޝަޒްލީމް ކައިވެނިކޮށްފިއެވެ.
ޑާކްރެއިން އައްޔަގެ ނަމުން ފިލްމީ މަޝްރަހުގައި ފާހަގަކުރެވޭ އައްޔަ ކައިވެނިކުރީ ތ. ކިނބިދޫގައި ޖެނުއަރީ 17 ގައިކަމަށް އައްޔަ ބުންޏެވެ.
އައްޔަ ކައިވެނިކުރީ އޭނާ ލޯބީގެގޮތުން ގުޅިގެން އުޅުނު ތ. ކިނބިދޫ ފާޠިމަތު އާޞިފާއާ އެވެ. ކައިވެނި ހަފުލާ އޮތީ އާޞިފާގެ ގޭގައި، ދެ އާއިލާގެ ޙާޒިރުގައެވެ.

ޢަލީ ޝަޒްލީމް އާއި އޭނާގެ އަންހެނުން – ފޮޓޯ: ޝަޒްލީމް ފޭސްބްކް
އައްޔަ ފިލްމީ ދާއިރާއަށް ވަނީ މުހައްމަދުގެ ފުއާދު (ފޯޑް) ގެ އެންތޮލޮޖީ ފިލްމް “ހަތަރު ހަޅަ”އިގެ ‘ފޮށި’ ސެގްމެންޓުންނެވެ.
ޑާން ރެއިން އެންޓަޓައިންމަންޓްގެ ފިލްމުތައް ކަމަށްވާ ހުޅުދާން (2014)، އެންމެ ފަހު ވިންދާ ޖެހެންދެން (2015)، ވާށޭ މަށާއެކީ (2016)، މީ ލޯތްބަކީ (2017) އާއި މާމުއި (2019) ހިމެނެއެވެ.
މި އުފެއްދުންތަކުގެ އިތުރުންވެސް، ބައެއް ފިލްމުތަކާއި ޑްރާމާ އަދި ސީރީޒްގައިވެސް އައްޔަ އެކްޓްކޮށްފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!