ސްކްރީން ރައިޓަރ އަދި ޑައިރެކްޓަރ މޫމިން ފުއާދުގެ ވާހަކައަކަށް، ކުޅަދާނަ ވިޝުއަލް އިފެކްސްޓް އަދި ސިނެމަޓޯގްރަފާ، ޑައިރެކްޓަރ އަޙްމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމު ”ގޮށްރާޅު“ އަނެއްކާވެސް އޮލިމްޕަހަށް ގެންނަން ނިންމައިފިއެވެ.
އޮލިމްޕަހަށް ”ގޮށްރާޅު“ އަންނަނީ ފެބްރުއަރީ 05 އަދި 07 ގައި ކަމަށް ޑާކްރެއިންއިން ބުނެއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން މުޙައްމަދު ޢަލީ ޕްރޮޑިއުސްކޮށްފައިވާ ”ގޮށްރާޅު“ގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
ދިވެހި މުޖުތަމަޢުގައި ހިނގަމުން އަންނަ ކަމެއްގެ މައްޗަށް އަލި އަޅުވާލައި ލިޔެފައިވާ ވަރުގަދަ ކްރައިމް ތްރިލާ ”ގޮށްރާޅު“ގެ 30 ޝޯ ދައްކާފައިވާއިރު އޭގެ ތެރެއިން 21 ޝޯ އަކީ ހައުސްފުލް ޝޯ ތަކެއް ކަމަށް މީގެ ކުރިން މޮގާ ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



