ވަރަށް ކުލަގަދަ އިވެންޓަކާ އެކު، މިރޭ އޮލިމްޕަހުގައި ދިވެހި ފިލްމު ބޮސް ދައްކަން ފަށާނެ އެވެ.
ފިލްމު ”ބޮސް“ އަކީ ނަހުލާގެ ސްކްރިޕްޓަކަށް، އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރ ރިޝްމީ، ނަހޫ އާއި އެކު
ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު، މަރިޔަމް އައްޒަ އެވެ. އަދި ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން އިބްރާހީމް ޖިހާދު، ފާތުމަތު އާޒިފާ، އަލީ އާޒިމް އަދި އަލީ ޝަމީލް ވެސް ފެނިގެން ދާނެ އެވެ.
މި ފިލްމުގައި ނަހުލާ ގެ ފިލްމުތަކުގައި ހުންނަ އަސަރު ފެނިގެންދާނެ ކަމަށް ނަހުލާ ބުނެއެވެ.
”ފިލްމް ވަރަށް އަސަރު ގަދަ ވާނެ. ބެލުންތެރިން ޔަގީނުން ވެސް ރޮއެފައި ސިނަމާއިން ނުކުންނާނީ،“ ފިލްމާ ބެހޭ ގޮތުން ނަހުލާ ބުންޏެވެ.
”ބޮސް“ މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ފަހު، ރަށްރަށުގައި ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދައްކަން ފަށާނެ އެވެ. ހާއްސަކޮށް އާބާދީ ބޮޑެތި އަތޮޅުތަކުގައި ފިލްމް އަޅުވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




