ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މީ ޕްރޮޑަކްޝަން” ގެ ޓީމު ރިފްރެޝްވެލުމަށް ސިންގަޕޫރަށް ފުރައިފި

‘މީ ޕްރޮޑަކްޝަން’ގެ ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ 02″ގެ ޝޫޓިން ނިންމައިލުމަށްފަހު، އެ ޕްރޮޑަކްޝަންގެ ޓެކްނިކަލް ޓީމު ރިފްރެޝްވެލުމަށް މިއަދު ސިންގަޕޫރަށް ފުރައިފިއެވެ.

ސިންގަޕޫރަށް ފުރުމުގެ ކުޑައިރުކޮޅެއް ކުރިން މުނިއަވަސް އަށް މުޙައްމަދު އަބޫބަކުރު (މާއެނބޫ) ބުނީ މި ދަތުރުގައި ބައިވެރިވަނީ ‘މީ ޕްރޮޑަކްޝަން’ގެ ޓެކްނިކަލް މަސައްކަތުގައި ހަރަކާތްތެރިވާ ތިން ފަންނާނުން ކަމަށެވެ. އެގޮތުން މާއެނބޫގެ އިތުރުން އިބްރާހިމް ސޮބާހް (ކުޑަ ސޮބާ) އާއި ހާމިދު ޢަލީ މި ދަތުރުގައި ބައިވެރިވެއެވެ.

“އަހަރުމެން ސްޓޫޑިއޯގަ ރެގިއުލަރކޮށް އެއްކޮށް މަސައްކަތްކުރާ ތިން މީހުން މިދަނީ. އަސްލުގަ މި ދަނީ ކުރިއަށް އޮތް ޕްރޮޖެކްޓަށް ރިފްރެޝްވެލަން ވެގެން.” މި ދަތުރާ ބެހޭގޮތުން މާއެނބޫ ބުންޏެވެ.

‘މީ ޕްރޮޑަކްޝަން’ގެ ޓީމު ފުރުމުގެ ކުރިން އެއަރޕޯޓްގައި

‘މީ ޕްރޮޑަކްޝަން’ އިން ހަދަމުން އަންނަ ވެބް ސީރީޒް ‘އަހަރެންވެސް ލޯބިވޭ 02″ގެ ޝޫޓިން ނިންމައި އެޑިޓިން މަސައްކަތް ފަށާފައިވާކަމަށް އިއްޔެ މާއެނބޫ ބުނެފައިވެއެވެ. އެ ސީރީޒްގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު އަންނަ ފެބްރުއަރީ މަސްތެރޭގައި ބައިސްކޯފާއި ހަވާލުކުރާނެ ކަމަށްވެސް މީ ޕްރޮޑަކްޝަން އިން ވަނީ ބުނެފައެވެ.

މީ ޕްރޮޑަކްޝަނުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމަކީ ބިރުވެރި ފިލްމި ”ކާކު؟“ އެވެ. އެ ފިލްމުވެސް މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.

’މީ ޕްރޮޑަކްޝަން’ގެ އުފެއްދުންތަކުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top