ޓީއެފްޖީ ރަންގައިި މިއަދު މެރަތަނެއް ފުރިހަމަކޮށް ރާއްޖޭގެ އެންމެ ހަގު މެރަތަން ޖެހި ދުވުންތެރިޔާއަށް ލ. ފޮނަދޫ އެވަރލާސްޓް ޢަލީ އިވާޝް ވެއްޖެއެވެ. އިވާޝް މެރަތަން އެއް ފުރިހަމަކޮށްފައިވާއިރު، އޭނާގެ އުމުރަކީ 18 އަހަރެވެ. މިއީ މިހައިތަނަށް ރާއްޖޭގައި މެރަތަންއެއް މިހާ ހަގު އުމުރެއްގައި ނިންމައިލި ފުރަތަމަ ދުވުންތެރިޔާއެވެ.
ފުލް މެރަތަންއެއްގައި ޖުމްލަ 42 ކިލޯމީޓަރަަށް ދުވަންޖެހޭ އިރު، އިވާޝް މި މެރަތަން ފުރިހަމަކޮށްފައިވަނީ ޓީއެފްޖީން ލ. ގަމުގައި ބޭއްވި ދުވުމުގެ ތެރޭގަ އެވެ. އިވާޝް މެރަތަން ފުރިހަމަކުރީ ހަތަރު ގަޑިއިރާއި 58 މިނެޓު 23 ސިކުންތުންނެވެ. އިވާޝްގެ ދުވުމުގެ އެވަރެޖް ޕޭސްއަކީ 07.04 މިނެޓް/ކިލޯމީޓަރެވެ. އިވާޝް ދުވުނީ 42.19 ކިލޯމީޓަރުގެ ރާސްތާއަކަށެވެ.

ފުލް މެރެތަންގައި އިވާޝް ދުވަނީ – ފޮޓޯ: ބިގޭ
މަޢުލޫމާތު ލިބޭގޮތުން ދުނިޔޭގައި ފުލް މެރެތަންއެއް ނިންމި އެންމެ ހަގު ދުވުންތެރިއަކީ 2002 ގައި އުފަންވި އިންޑިޔާ ކުއްޖެއްކަމަށްވާ ބުދިއާ ސިންހް އެވެ. އެކުއްޖާ މެރަތަން ޖެހީ އުމުރުން އެންމެ 05 އަހަރުގައެވެ.
މުނިއަވަސް އަށް އިވާޝް މިއަދު ބުނީ އޭނާ ރަސްމީކޮށް ދުވަން ފެށިތާ އަދި ދެ އަހަރުވެސް ނުވާ ކަމަށެވެ. އިވާޝް ބުނީ ދުވުމަށް ޝައުޤުވެރިކަން އުފެދުނީ ބޭބެ ފަޔާޒްގެ ފަރާތުން ކަމަށެވެ.

ފަޔާޒް އާއި އިވާޝް
ފަޔާޒަކީވެސް މިފަދަ ދުވުންތަކުގައި ބައިވެރިވަމުން އަންނަ ޒުވާނެކެވެ. އެގޮތުން ފަޔާޒްއަކީ ލ. ފޮނަދޫން އެންމެ ފުރަތަމަ މެރަތަން ޖެހި މީހާއެވެ. ފޮނަދޫން ދެވަނައަށް މެރަތަން ޖެހީ އިވާޝްއެވެ.

އިވާޝް އަށް ލިބުނު މެޑަލް –
ލ. އަތޮޅު ތަޢުލީމީ މަރުކަޒުން މިދިޔަ އަހަރު އޭލެވެލް އިމްތިހާނު ނިންމާފައިވާ އިވާޝް އަކީ ކޮންމެ ދުވަހަކުވެސް ގަވައިދުން ލާމު ބޮޑުމަގުގައި ދުވަމުން އަންނަ ޒުވާނެކެވެ. އެގޮތުން މީގެ ކުރިން، ހާފް މެރަތަންގައި 03 ފަހަރު ދުވެފައިވެއެވެ. ފުރަތަމަ ފަހަރަށް ހާފް މެރަތަންއެއް ޖެހި އިރު އިވާޝްގެ އުމުރަކީ 16އަހަރެވެ.

ލާމު ފައިވް-ކޭ ގައި އިވާޝް ދުވަނީ – ފޮޓޯ: ބިގޭ
ލ. ގަން-ފޮނަދޫ ސަރަހައްދުގައި ދުވުންތައް ބާއްވަން ފެށިފަހުން އިވާޝް އަންނަނީ އެފަދަ ދުވުންތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް، ލާމުގައި ބޭއްވި ދުވުމުގައި އިވާޝް ބައިވެރިވިއެވެ.
އިވާޝްގެ ފިޔަވަޅުތަކަށް ބަލައިގެން އޭނާއަށްވުރެ ހަގަށް ތިބި އޭނާއާ ދެބެންގެ ދެދަރި ދެ ފިރިހެން ކުދިންވެސް އަންނަނީ ދުވުންތަކުގައި ބައިވެރިވަމުންކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!