ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފޯޓީ ޕްލަސް” ބައިސްކޯފަށް މިއަދު އަންނަނީ

ދިވެހި ބިރުވެރި ހެއްވާ މަޖާ ފިލްމު ”ފޯޓީ ޕްލަސް“ މިއަދު (26 ޖެނުއަރީ 2020) ގައި ބައިސްކޯފަށް ލާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ބުނެފިއެވެ. އޮލިމްޕަހުގައި މި ފިލްމުގެ 27 ޝޯ ދެއްކިއިރު، އޭގެ ތެރެއިން 24 ޝޯ ފުލްވެފައިވާކަމަށް ވެސް ޝަފީޤް ބުނެއެވެ.

2019 ވަނަ އަހަރު ރިލީޒްކުރި ދިވެހި ފިލްމުތަކުން އެންމެ ބޮޑު މާލީ ނަފާއެއް ހޯދި ”ފޯޓީ ޕްލަސް“ އަކީ އޮލިމްޕަހާއި ރަށްރަށުގައިވެސް އެންމެ ގިނަ ޝޯތައް ދެއްކި ފިލްމުކަމަށް ޕްރޮޑިއުސަރ ޝަފީޤް ބުނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އުފެއްދި ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. މި ފިލްމަކީ 2019 ވަނަ އަހަރު އެންމެ ގިނަ މީހުން ބަލާފައިވާ ފިލްމުކަމަށް ވެސް ޕްރޮޑިއުސަރ ޝަފީޤް ބުނެއެވެ.

https://www.facebook.com/baiskoafu/videos/253814385600931/?q=baiskoafu&epa=SEARCH_BOX

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފެއްދި މި ފިލްމު ލިޔެ ޑައިރެކްޓްކުރީ ޔޫއްޕެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު ”40 ޕްލަސް“ ގައި ހަރަކާތްތެރިވި އިތުރު ތަރިންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.

 

ފޯޓީ ޕްލަސް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ނޮޓް ފޯޓީ6 އަހަރު ކުރިން

26 ޖަނަވަރީ 2020 ނިމުނު އިރުވެސް ތި ފިލްމު ބައިސްކޯފަކަށް ނާދޭ. ވީމާ މީ ދޮގު ހަބަރެއް

Home
Menu
Search
Back to top