ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފޯޓީ ޕްލަސް” ބަލައިލަން ބައިސްކޯފަށް

ނޯޓީ ފޯޓީގެ ސީކްއަލް، ބިރުވެރި ކޮމެޑީ ފިލްމު “ފޯޓީ ޕްލަސް” ބަލައިލަން މިހާރު ވަންނަންވީ ބައިސްކޯފަށެވެ. ބައިސްކޯފު އެޕް ހުޅުވައިލާ މޫވީސްގެ ބަޔަށް ވަދެލުމުން މިހާރު “ފޯޓީ ޕްލަސް” ބަލައިލެވޭނެއެވެ.

ފޯޓީ ޕްލަސް” އަކީ 2019 ވަނަ އަހަރު ނުކުތް ފިލްމުތަކުން އެންމެ ގިނަ ބަޔަކު ބަލާފައިވާ އެއް ފިލްމެވެ. އެގޮތުން އޮލިމްޕަހުގައި 27 ޝޯވ ދެއްކި އިރު، 24 ޝޯވ އެއްކޮށް ފުލްވިކަމަށް ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ބުނެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު ”40 ޕްލަސް“ ގައި ހަރަކާތްތެރިވި އިތުރު ތަރިންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.

ފޯޓީ ޕްލަސް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

https://www.facebook.com/baiskoafu/videos/253814385600931/?q=baiskoafu&epa=SEARCH_BOX

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ޔޫއްޕެ ފޭން6 އަހަރު ކުރިން

މާމުއި ބަލާފަ ވީ ފޫހި. 40ޕްލަސް ކިތަންމެ ވަރަކަށް ބެލިޔަސް ފޫއްސެއް ނުވޭ

މޯޑް6 އަހަރު ކުރިން

މަޖާ ފިލްމެއް އިނގޭ. އޮލިމްޕަހުން ބަލާފަ އޮތަސް އަނެއްކާވެސް މި ބަލަނީ ބައިސްކޯފުން

Home
Menu
Search
Back to top