ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔަންފަށައިފި

މިހާރު ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރޯގާ އާއި ހިމަބިއްސާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ޤުނޫތު ނާޒިލާ (މުސީބާތުގެ ވަޤުތުގެ ޤުނޫތު) ކިޔަން ފަށައިފިއެވެ. ކޮންމެ ނަމާދެއްގެ ފަހު ރަކުޢަތުގައި ޤުނޫތު ކިޔަން ފެށީ މިރޭ މަޣްރިބް ނަމާދަށްފަހުގައެވެ.

ޤުނޫތު ނާޒިލާ ކިޔަން ފަށާފައި މިވަނީ މިއަދު ސަރުކާރުން ރާއްޖޭގެ ހުރިހައި ރަށްތަކަކަށް އެންގެވުމާއި ގުޅިގެންނެވެ. މިރޭގެ މަޣްރިބް ނަމާދުން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަކި ގޮތެއް އަންގަންދެން އަޑުހަރުކޮށް ކިޔަވާ ކޮންމެ ނަމާދެއްގެ ފަހު ރަކްޢަތުގައި އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔެވުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގަވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރާނާ ވައިރަސް ޖެހިގެން މިއަދާއި ހަމައަށް 170 މީހުން މަރުވެފައިވެއެވެ. ކޮރޯނާ ވައިރަސް ޖެހުނުކަން މިވަގުތަށް ޔަޤީންވާ ޢަދަދުވަނީ 7711 އަށް އަރާފައެވެ.

ކޮރޯނާ ވައިރަހުގެ ރޯގާ އަކީ ބައިނަލްއަޤްވާމީ އިމަޖެންސީ ޙާލަތަށް ދާން ޖެހޭ ހިސާބަށް ގޮސްފައިވާ ހާލަތެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބައްދަލުވުމަކަށް މިއަދު އެރުމަށްވަނީ ނިންމާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ނައު6 އަހަރު ކުރިން

ރަނގަޅު ނިންމުމެއް. އެންމެންވެސް ޖަމާޢަތުގަ ނަމާދަށް އެރުމަށް އާދަކުރަމާ

Home
Menu
Search
Back to top